މީސްމީޑިއާގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކުރި މީހާ 10 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރު ކޮށްފިއެވެ.
ބަންދުގައި ބަހައްޓަން އަމުރު ކޮށްފައިވާ، ޓިކްޓޮކް ނަމުންނަމަ ޔާޔާ ނަބީލް، މީގެ ކުރިންވެސް ދެ ފަހަރެއްގެމަތިން ހައްޔަރުކުރިއެވެ. ނަމަވެސް، މުޖުތަމައަށް ނުރައްކާތެރި މީހަކަށް ނުވާތީ އެ ދެފަހަރު ވެސް އޭނާ ދޫކޮށްލީއެވެ. އަދި އޭގެ ފަހުން ތިންވަނަ ފަހަރަށް ކޯޓު އަމުރެއްގެ ދަށުން ނަބީލް ހައްޔަރު ކުރީ ރޭގެ ވަގުތެއްގައެވެ.
ނަބީލްގެ ބަންދު ކުރުމަށް މިއަދު ކުރިމިނަލް ކޯޓުން ކުރި އަމުރުގައި ވާގޮތުން އޭނާ ބަންދު ކޮށްފައިވަނީ މީސް މީޑިއާގައި އިސްލާމްދީނާއި ހިލާފް ކޮންޓެންޓް ޕޯސްޓު ކުރުމުންނެވެ. އަދި އޭނާއާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ސައިބަރ ކްރައިމް ރިޕޯޓާއި، އަދި ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ ފޫޓޭޖްގެ ސްނެޕް ޝޮޓްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު