ގދ. މަޑަވެލި އަދި ގދ. ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
ގދ. ހޯޑެއްދޫގައި ބޭއްވި މި ރަސްމިއްޔާތުގައި މަޑަވެލީ ދާއިރާގެ މަޖްލިސް މެންބަރު ޙުސައިން ފިރުޝާނާއި، މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ޙަސަނާއި، ހޯޑެއްދޫ ކައުންސިލްގެ ރައީސް ޙުސައިން ވާރިޝާއި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލު ކޮށްފައިވާ އެމްޓީސީސީއިން މިއަދު ބުނީ، މި މަޝްރޫއުގައި ހިމެނޭ ކޯޒްވޭ ތަރައްގީ ކުރާނީ ކޯޒްވޭ ދަށުން އޮއި ދެމޭނެހެން އަދި ހެވީ ވެހިކަލަށްވެސް ކޯޒްވޭ މަތިން ދަތުރު ކުރެވޭ ފެންވަރަށް ކަމަށެވެ.
އަދި މިހާރު ޕްލޭން ކުރެވިފައިވާ ގޮތުން މުއްދަތުގެ ތެރޭގައި ނިންމާލެވި ހިދުމަތް ލިބެން ފަށާއިރު މިހާރު އެރަށްރަށަށް ދިމާވާ ރަށްގިރުމުގެ މައްސަލައަށް ވެސް ހައްލެއް ލިބިގެން ދާނެކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި ކޯޒްވޭއިން ޖުމުލަ ހަތަރު ރަށެއް ގުޅާލާނެއެވެ. އެއީ މަޑަވެއްޔާއި ހޯޑެއްދުއާއި ދޭތެރޭ އޮންނަ ކަންނިގިލާ އާއި ހާދޫއެވެ.
އެމްޓީސީސީން ބުނީ، މި ޒަމާނީ ކޯޒްވޭ އިން، އެ ދެ ރަށް ގުޅާލުމުން، ފަތުރުވެރިކަމަށް ވެސް، އާ ދިރުމެއް ލިބި، އިގުތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން ގިނަ ފައިދާތަކެއް މި ދެ ރަށަށް ލިބިގެންދާނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 އަކަ މީޓަރުގެ ސަރަހައްދުގައި ތާރުއެޅުމާއި، 1378 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވިންގ ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި ކޯޒްވޭއަށް ދެވެން އޮންނަ މަގުތައް ނުވަތަ އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުމާއި، ތާރު އެޅުން ހިމެނެއެވެ.
މީގެ އިތުރުން ރެއިލިންގ އަދި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ކުރެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރެވިގެންދާނެއެވެ. މި މަޝްރޫއުއަކީ 17.84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެންމެ ފުރަތަމަ މި ދެ ރަށުގެ ދޭތެރޭގައި ކޯޒްވޭއެއް އެޅީ 2016 ވަނަ އަހަރުގައެވެ. ނަމަވެސް ރަނގަޅަށް ދިރާސާ ނުކުރެވި ހެދި އެ ކޯޒްވޭގެ ސަބަބުން ކޯޒްވޭ ގިރާލާ ރަށްގިރުމުގެ ބޮޑެ މައްސަލަތަކެއް ވަނީ ދިމާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު