މިއަދު މުޅި ރާއްޖޭގައި ފެށި ބޯހިމެނުމުގެ ހަރަކާތުގައި އެނިއުމަރޭޓަރުންގެ ގޮތުގައި މައުލޫމާތު އެއްކުރުމަށް ގޭގެއަށް ޒިޔާރަތް ކުރާ ފަރާތްތަކަކީ އެކަމުގެ ހުއްދަ އޮތް ބައެއްކަން ކަށަވަރު ކުރެވޭގޮތް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ހަމަޖައްސައިފިއެވެ.
އެ އިދާރާއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ، ބޯހިމެނުމާއި ގުޅޭ މައުލޫމާތު ނެގުމަށް ގޭގެއާއި ވިޔަފާރިކުރާ ތަންތަނަށް ދާ އެނިއުމަރޭޓަރުން ނުވަތަ ސަރވެއަރުންނަކީ، ބިއުރޯގެ ޓީމް މެންބަރުންތޯ ބޯހިމެނުމާބެހޭ ހާއްސަ ވެބްސައިޓުން މިހާރު ބެލޭނެކަމަށެވެ.
އެގޮތުން، ސަރވޭ ޓީމް މެންބަރުގެ އައިޑީ ކާޑު ނަންބަރު އެ ވެބްސައިޓުގައި ޖެހުމުން، އެމީހަކު ސެންސަސް ޓީމްގައި ހިމެނޭނަމަ އެއީ ހުއްދަދެވިފައިވާ މީހެއްކަން ޔަގީންކޮށްދީ އެ މެސެޖް ވަގުތުން ފޯނުން ފެންނާނެ ކަމަށް އެމްބީއެސް އިން ބުނެއެވެ.
އަދި އެ މީހަކީ ސެންސަސް ޓީމްގެ މެންބަރެއް ނޫންކަމަށް ވާނަމަ އެކަން އެނގޭގޮތަށް ފޯނުން އެ މެސެޖް ފެންނާނެ ކަމަށާ އެފަދަ ހާލަތްތަކުގައި ބިއުރޯގެ ހޮޓްލައިން ނަންބަރ 1423 އަށް ގުޅައިގެން އިތުރަށް ބެލޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެ ލިންކުން އާންމުމީހާގެ ޒާތީ އެއްވެސް މައުލޫމާތެއް ނުބެލޭނެ ކަމަށާ، މި މަސައްކަތުގެ ތެރެއިން އާއްމުންގެ އެއްވެސް ޝަކުވާއެއް އޮތްނަމަ، އެމްބީއެސް ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ބޯހިމެނުމަކީ އާންމު ރައްޔިތުންގެ ޒާތީ ގިނަ މައުލޫމާތުތަކެއް އެއްކުރާ މަސައްކަތެކެވެ.
https://census.stag.mpao.mv

ކިޔުންތެރިންގެ ހިޔާލު