ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ ޝަރީފު ޢަބްދުއްޞަމަދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ސުލޫކީ މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ނިންމައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ، ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު) ގެ 22-1 ވަނަ މާއްދާގެ (ބ) ގެ ދަށުން ކޮމިޝަނަށް ހުށަހެޅި ޝަކުވާއާ ގުޅިގެން 2020 އޮކްޓޯބަރު 22 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް އޭނާއަށް ނޯޓިސް ދީފައިވާ ކަަަށެވެ.
އަދި އޭނާ އާއި ދޭތެރޭ ހުށަހެޅުނު ސުލޫކީ މައްސަލަ ތަހުގީގު ކުރުމުން އޭނާގެ މައްޗަށް އެކަން ސާބިތު ނުވާކަމަށް 2022 ސެޕްޓެންބަރު 11 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 62 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ނަމަވެސް އޭނާގެ މައްޗަށް ހުށަހެޅުނީ ކޮންކަހަލަ މައްސަލައެއްކަމެއް ޖޭއެސްސީން ހާމަ ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު