ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވާޢިދުގެ ތެރެއަށް ފެއްތުމަށް ސަރުކާރުން ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި ރަޖިސްޓްރީ ވުމަށް އެއްވެފައި ތިބި ބިދޭސީ ބަޔަކު
ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވާޢިދުގެ ތެރެއަށް ފެއްތުމަށް ސަރުކާރުން ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި ރަޖިސްޓްރީ ވުމަށް އެއްވެފައި ތިބި ބިދޭސީ ބަޔަކު
ކޯވިޑް-19 އާ ގުޅިގެން ޤަވާއިދާ ޚިލާފަށް ޢަމަލުކުރަމުންދާ ބިދޭސީންގެ އަމަލުތައް ހުއްޓުވައި ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި ނައިބު ރައީސް ރީކޯ މޫސާ މަނިކު މިއަދު ގޮވާލައްވައިފިއެވެ.

މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ މަގުތަކުން ނިސްބަތުން ކޮންމެ ދިވެއްސަކަށް ދިހަ ބިދޭސީން ހިނގާބިގާވެ އުޅޭކަމަށާއި، ހޮޓާތަކާއި ކެފޭތަކުގައި އެމީހުން ކައިބޮއި ހަދަމުންދާކަމަށެވެ. ބިދޭސީން ކުރާ މިފަދަ އަމަލުތަކުން އެތައް ބައެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅޭކަމަށާއި، އެކަން އެގޮތަށްވުމަށް ދޫކޮށްނުލެއްވުމަށް މޫސަ ވަނީ ފުލުހުންނަށް ގޮވާލައްވާފައެވެ.

ސަރުކާރުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އަދި އާންމުން ބޭރު ތެރެއަށް ނުކުމެ ނޫޅުމަށް ޑޮކްޓަރުންނާއި، ސިއްހީ ޚިދުމަތްތެރިން ވަނީ އިލްތިމާސްކޮށްފައެވެ.

ސަރުކާރުން މިހާރުވަނީ ރާއްޖޭގައި ޤަވާޢިދާ ޚިލަފަށް އުޅޭ ބިދޭސީން އެމީހުންގެ ރަށް އަނބުރާ ފޮނުވާ ލުމުގެ ޕްރޮގްރާމެއްވެސް ފަށާފައެވެ. މިޕްރޮގްރާމް ގެ ދަށުން އެމީހުން ރަށަށް ދިއުމަށް ބޭނުންވާ ދަތުރުފަތުރުކުރުމާބެހޭ ޞައްހަ ލިޔެކިޔުން ނެތްނަމަ އެލިޔުންތައް ހަމަކޮށްދީ ޓިކެޓްވެސް ދެނީ ސަރުކާރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން