ސަޢުދީ ޢަރަބިއްޔާގެ މައްކާގެ ގެފުޅާއި ހަރަމްފުޅު؛ ކޮރޯނާ ވައިރަސްއާއި ގުޅިގެން އުމުރާ ދަތުރުތައްވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައި
ސަޢުދީ ޢަރަބިއްޔާގެ މައްކާގެ ގެފުޅާއި ހަރަމްފުޅު؛ ކޮރޯނާ ވައިރަސްއާއި ގުޅިގެން އުމުރާ ދަތުރުތައްވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައި
ސަޢޫދީ ޢަރަބިއްޔާގައި 21 ދުވަހުގެ މުއްދަތަށް ކާރފިއު އިޢުލާނު ކޮށްފިއެވެ.

ކޯވިޑް-19 ގެ ނުރައްކާ ބޮޑުވެ، ސަޢޫދީގައި އެބަލި ކޮންޓްރޯލެއް ނެތި ފެތުރެމުންދާތީ، މިއަދުން ފެށިގެން 21 ދުވަހުގެ މުއްދަތަށް މުޅި ޤައުމުގައި ކާރފިއު އިޢުލާނުކުރުމަށް ރަސްގެފާނު ސަލްމާން ވަނީ އަމުރުކުރައްވާފައެވެ.

އިއްޔެގެ ވަގުތެއްގައި މައްކާ ސަރަޙައްދުގެ ހޮޓަލަކުން ގިނަ ޢަދަދެއްގެ ބަޔަކު ކޯވިޑް-19 އަށް ޝައްކު ކުރެވިގެން ވަނީ ޓެސްޓު ކޮށްފައެވެ. އަދި އޭގެ ތެރެއިން 72 މީހަކު ވަނީ އެ ބައްޔަށް ފައްސި ވެފައެވެ.

ކޯވިޑް-19 އާ ގުޅޭ ބައިނަލްއަޤްވާމީ އެހެނިހެން ޚަބަރުތަކަށް ބަލާލާއިރު، މިޞްރުގައި ކޯވިޑް-19 ގެ ބަލިމީހުންނަށް ފަރުވާކުރަނިކޮށް ޑރ.މަޙްމޫދު ޞަބްރީ ވަނީ ނިޔާވެފައެވެ. ޑރ.މަޙްމޫދު ޞަބްރީ އަކީ މި ބަލީގައި މިޞްރުގައި ނިޔާވި ފުރަތަމަ ޑޮކްޓަރެވެ. މިޞްރުގައި 300 އަށް ވުރެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ 14 މީހުންވަނީ މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ. މީގެ ކުރިން މިޞްރުގެ އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތްތަކުގައި ޖަމާޢަތުގެ ނަމާދާ ހުކުރު ނަމާދުކުރުން 2 ހަފުތާއަށް މެދުކަނޑާލަން ނިންމާފައެވެ.

މުޅިދުނިޔެއިން ކޯވިޑް-19 އަށް ޕޮޒިޓިވް 345125 ކޭސް ފެނިފައިވާއިރު، އޭގެ ތެރެއިން 14778 މީހުން ވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން