އަހުމަދު އަކްރަމް؛ ރައީސް ޞާލިޙް އަކްރަމާއި މެންބަރު ކަމުގެ ލިއުން ހަވާލުކުރައްވަނީ (ފޮޓޯ- ރައީސް އޮފީސް)
އަހުމަދު އަކްރަމް؛ ރައީސް ޞާލިޙް އަކްރަމާއި މެންބަރު ކަމުގެ ލިއުން ހަވާލުކުރައްވަނީ (ފޮޓޯ- ރައީސް އޮފީސް)
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އެ ކޮމިޝަންގެ މިހާރުގެ ނައިބު ރައީސް އަހުމަދު އަކްރަމް މިއަދު އައްޔަން ކުރައްވައިފި އެވެ.

އަކްރަމް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ހަފުތާގަ އެވެ. އަކްރަމްގެ މެންބަރު ކަމުގެ ދައުރު ހަމަވާތީ މެންބަރު ކަމަށް ކުރިމަތި ލުމަށް އިޢުލާން ކުރުމުން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަރުތީބު ކުރައްވަައި މަޖިލީހަށް ފޮނުއްވިއިރު، ލިސްޓުގެ އެންމެ ކުރީގައި އޮތީ ވެސް އަކްރަމްގެ ނަމެވެ.

އަކްރަމް އެ މަގާމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާ އަށް މަގާމުގެ ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އަކްރަމްގެ އިތުރުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި، މެމްބަރު އިސްމާއިލް ހަބީބާއި، އަލީ ނަޝާތާއި، ފުއާދު ތައުފީގެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން