މާލެއިން ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައިވަނީ، ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ މި ވަގުތު ގްރިޑްގެ ހިދުމަތް މެދުކެނޑިފައިވާއިރު، ގްރިޑް ރީކަނެކްޓް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.

"މާލެއަށް ކަރަންޓު ދެމުންގެންދާ ފީޑަރު ތަކުގެ ތެރެއިން 9 ފީޑަރު މިހާރު ވަނީ އެނަރޖައިޒް ކުރެވިފައި. އަދި ހުޅުމާލޭގެ އެންމެ ފީޑަރެއް ފިޔަވާ ހުރިހާ ފީޑަރެއް ވަނީ އެނަރޖައިޒް ކުރެވިފައި. އެނަރޖައިޒް ނުކުރެވި ހުރި ފީޑަރުތައް އެނަރޖައިޒް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން." ސްޓެލްކޯއިން މަޢުލޫމާތު ދެއެވެ.

މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހުޅުމާލޭ އިންޖީނުގޭގައި އަޕްގްރޭޑިންގ މަސައްކަތެއް ކުރަމުންދަނިކޮށް، 2 އިންޖީނު ނިވުމުގެ ސަބަބުންނެވެ.

ސްޓެލްކޯއިން ބުނީ އެމައްސަލަ ހައްލުކޮށް، އިންޓަރކަނެކްޝަން ގްރިޑް އެނަރޖައިޒް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން