ފަތުރުވެރިކަމުގައި ބޭނުން ކުރާ ޔޮޓެއް؛ އެކްސްކާޝަން ދަތުރުތައް ބޭއްވުން މަނާކޮށްފި
ފަތުރުވެރިކަމުގައި ބޭނުން ކުރާ ޔޮޓެއް؛ އެކްސްކާޝަން ދަތުރުތައް ބޭއްވުން މަނާކޮށްފި
ދިވެހިރާއްޖޭގައި އެކްސްކާޝަންގެ ގޮތުގައި އެއްވެސްތަނަކުން މީހުން އައުމާއި ދިއުން ހުއްޓައިލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގަފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ރޭ ނެރުނު އެންގުމެއްގައި ވަނީ ރާއްޖޭގެ ރަށްރަށާއި، ރިސޯޓްތަކާއި، ސަފާރީތަކާއި، ގެސްޓްހައުސްތަކުން އެކްސްކާޝަންގެ ގޮތުގައި މީހުން އައުމާއި ދިއުން ހުއްޓައިލުމަށް އަންގާފައެވެ.

މި ނިންމުމަކީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާއްމު ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަމަށްޓަކައި، އަޅާ ފިޔަވަޅުތަކެއް ކަމަށްވާތީ މި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ދަޢުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން