ވެސްޓަން ޔުނިއަން މަނީ ޓްރާންސްފާގެ ހިދުމަތް ރާއްޖޭގައި މެދުކެނޑިއްޖެއެވެ.

އެމްއެމްއޭ އިން ބުނީ އައިލެންޑް ފައިނޭންޝަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ، ރެމިޓަންސް ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް މި މަހުގެ 8 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ހިފަހައްޓާފައިވާ ކަމަށެވެ.

މި ލައިސެންސް ހިފަހައްޓާފައި ވަނީ ބައެއް ކަންކަން ރަނގަޅުކުރުމަށް ވަގުތު ދިނުމުން ވެސް އެ މުއްދަތުގެ ތެރޭގައި އެކަންކަން ރަނގަޅުކޮށްފައި ނުވާތީ ކަމަށްވެއެވެ. އައިލެންޑް ފައިނޭންޝަލް ސާވިސަސް އިން މިހާރު މަސައްކަތްކުރަމުން ގެންދަނީ އެމްއެމްއޭއިން އެދުނު ކަންތައްތައް ރަނގަޅުކޮށް ވީހާވެސް އަވަހަށް އެކުންފުނީގެ ހިދުމަތްތަށް އަލުން ފެށުމަށެވެ.

ދުނިޔޭގެ މަޝްހޫރު މަނީ ޓްރާންސްފަރ ކުންފުނި ، ވެސްޓަން ޔޫނިއަންގެ ރާއްޖޭގެ އެޖެންޓަކީ ވެސް އައިލެންޑް ފައިނޭންޝަލް ސާވިސް އެވެ. އެ ހިދުމަތަކީ، ރާއްޖޭގައި ދިރިއުޅޭ އެތައް ބަޔަކު ބޭރަށް ފައިސާ ފޮނުވުމަށް ބޭނުން ކުރާ ހިދުމަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން