ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން "ހަވަރަށް" ނުދެވޭނެ ކަމަށް ވިދާޅުވެ، މެންބަރަކު ފުލުހަށް ހާޒިރު ކުރާނަމަ އެކަން މަޖިލީހުގެ އިދާރާއަށް އެންގެވުމަށް ފުލުހުންގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ފުލުހުންގެ އިދާރާއަށް މަޖިލީހުގެ އިދާރާއިން އިއްޔެ ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒާތީ ދިރިއުޅުއްވުމާބެހޭ ކަންކަމުގައި އެއްވެސް މެންބަރަކު ފުލުހުންގެ އިދާރާއަށް ޙާޟިރު ކުރާނަމަ އެކަން މަޖިލީހުގެ ރައީސަށް އެންގެވުމަށް އެދޭ ކަމަށެވެ.

އެސިޓީ މަޖިލީހުގެ މެންބަރުން ތިއްބަވާ ގްރޫޕަކަށް ޙިއްސާކުރަށްވަމުން ރައީސް ނަޝީދު ވިދާޅުވީ، މެންބަރުންގެ ޒާތީ ކަންކަމުގައި މެންބަރުން "ހަވަރަށް" ދޭތަން ބައްލަވަން ނުހުންނަވާނެ ކަމަށެވެ. އަދި މެންބަރުން "ވީ ހާލެއްގައި ވާނަން" ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީގެ އިސްމެންބަރުން ތިއްބަވާ ގްރޫޕެއްގައިވެސް މިމޭރުމުން މިއަދު ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުގެ ވީޑިއޯއެއް ލީކުކުރީ މިސަރުކާރުގެ ބައެއް ވަޒީރުންގެ ބޭނުމަށް ކަމަށް ރައީސް ނަޝީދު ތުހުމަތުކުރެއްވިއެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން އެމަނިކުފާނު "ނުގުޑާނެ" ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ވަރަށް ސާފުކޮށް ދަންނަވަން. ހުސެއިން ގެންގޮސްގެން ނުވާނެ. އަދި ސަލީމަކާ ވެސް ނުބެހެވޭނެ." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވަނީ މި ސަރުކާރަށް ފުލުހުންގެ އިދާރާ އިސްލާޙް ނުކުރެވުނު ކަމަށް ވިދާޅުވެ މިހާރު ލީކުވަމުންދާ ފޮޓޯތަކާއި ވީޑިއޯތައް ޢާއްމުކުރުމުގައިވެސް ފުލުހުންގެ އަތެއްވާކަމަށް ތުހުމަތުކުރަށްވާ ފައެވެ. ފުލުހުންގެ އިދާރާ އިސްލާޙު ނުކުރެވޭނަމަ އެމްޑީޕީގެ މެންބަރުން ދެންވެސް ލާނީ ޖަލަށް ކަމަށްވެސް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން