މުދަލު ޒަކާތް ނެރުން ވާޖިބުނާ ނިސާބަކީ 19،527.90 ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައިފިއެވެ.
ޒަކާތު ހައުސްއިން ނެރުނު އިއުލާނެއްގައި ބުނީ މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް ބަދަލުގެނެސް، ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 19،527.90ރ. ކަމަށް ކަނޑައަޅާފައި ވާކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޒަކާތުގެ ނިސާބުގެ ގޮތުގައި މިހައި ބޮޑު އަދަދެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.
މުދަލުޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.
ފައިސާއިން މުދަލުގެ ޒަކާތް ދައްކާނަމަ، ފައިސާ އަގުކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ. ރާއްޖޭގައި ޒަކާތް ނެރެނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގު ރާއްޖޭގައި ކަނޑައަޅަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.
ޒަކާތު ހައުސްއިން ބުނީ މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅާފައި ވަނީ ރިހި ގްރާމަކަށް 32.82ރ. ރޭޓުން 595 ގްރާމަށްވާ އަދަދު ކަމަށެވެ.
އެހެންކަމުން، އެ މީހެއްގެ މިލްކިއްޔާތުގައި 19،527.90ރ. އެއް އަހަރު ވަންދެން ހުރެއްޖެ ނަމަ، އޭގެ ސާޅީސް ބައިކުޅަ އެއްބައި (2.5 ޕަސެންޓު) މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބު ވާނެ ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.
މީގެ ކުރިން، އޯގަސްޓު މަހު، މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައި އޮތީ 11،191.95ރ. އެވެ. އޭގެކުރިން އޭޕްރިލް މަހު ނިސާބުގެ ގޮތުގައި ކަނޑައަޅާފައި އޮތީ 9264.15ރ. އެވެ.
މުދަލު ޒަކާތް ނެރުން ވާޖިބުވެގެން ވާ ފަސް ބާވަތެއްގެ މުދަލަކީ، ރަނާއި ރިހި އަދި ފައިސާ އާއި ބިމުގެ ތެރެއިން ނެގޭ މައުދަންތަކާއި ރިކާޒު އާއި ވިޔަފާރި މުދަލާއި ގޮވާމާއި މޭވާގެ ތެރޭގައި ހިމެނޭ ގިނަދުވަހު ހަލާކުނުވެ ހުންނަ ތެކެއްޗާއި ގެރި، ބަކަރި އަދި ޖަމަލެވެ. މީގެ ތެރެއިން ރާއްޖޭގައި އާންމުކޮށް ޒަކާތް ނެގެންހުރި ތަކެއްޗަކީ ރަނާއި ރިއްސާއި ގޮވާމުގެ އިތުރުން ވިޔަފާރި މުދަލެވެ.

ކިޔުންތެރިންގެ ހިޔާލު