ހިޔާ ޓަވަރެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދެބެއިންގެ ދެމެދުގައި ހިނގި މި މާރާމާރީ ހިނގާގައި ވަނީ ހިޔާ ފްލެޓުގެ 8 ވަނަ ޓަވަރުގެ 19 ވަނަ ފަންގިފިލާގައެވެ.
މި ހާދިސާ ހިގާފައި ވަނީ މިއަދު ހަވީރު 15:50 ހާއިރުއެވެ. ދެބެއިންގެ ދެމެދުގައި ހިނގި ދެބަސްވުމެއްގެ ސަބަބުން މަސްލަހަތު ގޯސްވެ، މާރާމާރީ ހިންގީ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ދެބެއިންނަކީވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާގައި އަނިޔާވި މީހާ މިހާރު ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
"ޒަހަމްވެފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ފަލަމަސްގަޑު ފުންކޮށް ކަފައިގެންގޮސް، މައިނާރު ބުރިވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުން." ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު