ދިވެހި ދައުލަތަށް 25 އަހަރަށް ވުރެ ދިގު މުއްދަތަކު ޚިދުމަތް ކުރެއްވި ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނަކީ ޚުލްޤު ހެޔޮ، ދީންވެރި އަދި މުޖުތަމަޢަށް ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑރ. މުޙައްމަދު ޢަލީ އަވަހާރަވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއެކު ކަމަށެވެ. އަދި އެމަނިކުފާނަކީ އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ޤަދަރުވެރި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަޤާމާއި، އިމިގްރޭޝަން ކޮންޓްރޯލަރުކަމުގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ފަދަ ޒިންމާދާރު މަޤާމުތައް ފުރުއްވި ޑރ. މުޙައްމަދު ޢަލީގެ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ އިޖްތިމާޢީ ކަންކަމުގައްޔާއި، ޚާއްޞަކޮށް އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމާއި ތިމާވެށީގެ ދާއިރާއިން ޢިލްމީ ގިނަ ދިރާސާތަކެއް ކުރައްވައި މުޖުތަމަޢަށް އަގުހުރި މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވި ބޭފުޅެއް ކަމަށެވެ.
މި ހިތާމައިގެ ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމްގެ ޢާއިލާއަށާއި، އެމަނިކުފާނާއެކު މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މާތްﷲގެ ރުއްސެވުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޑރ. މުޙައްމަދު ޢަލީ ލެހެއްޓެވުން އެދި ރައީސް ވަނީ ހެޔޮ ދުޢާ ކުރައްވާފައެވެ.

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،
— Dr Mohamed Muizzu (@MMuizzu) September 20, 2026
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވައި، 25 އަހަރަށް ވުރެ ދިގު މުއްދަތަކު ދައުލަތަށް… pic.twitter.com/uH3Ou7bZXf
މި ހިތާމައިގެ ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމްގެ ޢާއިލާއަށާއި، އެމަނިކުފާނާއެކު މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މާތްﷲގެ ރުއްސެވުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޑރ. މުޙައްމަދު ޢަލީ ލެހެއްޓެވުން އެދި ރައީސް ވަނީ ހެޔޮ ދުޢާ ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު