ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
ކޮހެއްގެ އަތުން މަރުވެއްޖެނަމަ ވާނީ ޝަހީދަކަށް ކަމަށް ވިދާޅުވެ މުޅި ޢާއިލާއަށް މަރުގެ އިންޒާރު ދިން މީހާއަށް ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް މިއަދު ރައްދު ދެއްވައިފިއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ބޭއްވި ހަރަކާތްތަކާ ގުޅިގެން މަހުލޫފަށް މަރުގެ އިންޒާރު ދީފައި ވަނީ އޭނާގެ ކުރީގެ ނަންބަރަށް މީހަކު ފޮނުވި ޓެކްސްޓް މެސެޖުތަކުންނެވެ. އެ މެސެޖުތަކުގެ ފޮޓޯއެއް މަހުލޫފު ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ. މެސެޖްތަކުގައި ބުނެފައިވަނީ މިއީ މަހުލޫފަށް ދޭ ގަދަފަދަ އިންޒާރެއް ކަމަށާއި އިންޑިއާގެ "ޕަޕެޓަކަށް" ވެގެން ޔޯގާ ހަލާލުކުރާ އިރު، އެއީ ބާތިލު ފިކުރެއް ކަމަށެވެ.

"މިއަދުވެސް ކަލޭ އަތުޖެހުނު ނަމަ ނޮޅާލީމުސް، މިއަދުވެސް ކަލޭ ދުވެ ފިލީ. އަހަރެމެން މި ތިބީ ބަލަން. އަހަރުމެންގެ އަޚަކަށް ނުވަތަ ޖަމިއްޔާއަކަށް ފިޔަވަޅު އަޅާލިޔަސް ކަލެއާއި ކަލޭގެ އާއިލާގެ ޒަމާން ދުއްވާލާނަން. އަބަދު މިނިސްޓަރުކަމުގައި ނުހުރެވޭނެ." މެސެޖުގައިވެ އެވެ.

އެކަމާ ގުޅިގެން މަޙްލޫފް މިއަދު ވިދާޅުވީ މިނިސްޓަރު ކަމަކީ މާގަދަ ކަމެއްކަމަށް މެސެޖްފޮނުވި މީހާއަށް ގަބޫލުކުރެވުނަސް، އެމަގާމަކީ މަހްލޫފަށް އެއްވެސް ވަރަކަށް މުހިއްމުކަމެއްނޫން ކަމަށެވެ. އޭގެ އިތުރުން ބިރުދައްކައިގެން އެއްވެސް ނަތީޖާއެއް ހާސިލްނުވާނެ ކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ.

"ތިޔަކަހަލަ ކޮހެއްގެއަތުން މަރުވެއްޖެއްޔާ ޔަގީނުންވެސް އަޅުގަނޑު ވާނީ ޝަހީދަކަށް." މަޙްލޫފް ވިދާޅުވެފައިވެއެވެ.



ބައިނަލްއަގްވާމީ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަ ކޮށްފައި ވަނީ، އިސްލާމްދީނުގައި ޔޯގާ ހުއްދަނޫން ކަމަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ބުނަމުން ދަނިކޮށެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅުވައިގެން، ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް، އެތަނަށް ބަޔަކު ވަދެ ވަނީ ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެތަނުގައި ތިބި މީހުންނަށް ހަމަލާދީ މާރާމާރީ ހިންގާފައެވެ. އެކަމާ ގުޅިގެން މަޙްލޫފް ވިދާޅުވީ ޙަރަކާތް ހުއްޓުވަން ވަތް މީހުން މީސްމީހުންގައިގައި ކޮޅުފައިން ޖަހާ ދިދަތައް ބިންދާ ސައުންޑަށް ގެއްލުންދީ ފެންފުޅިންވެސް މީހުންނަށް ޙަމަލާ ދިން ކަމަށެވެ. އަދި އެކަމުގެ އަޑީގައި ތިބީ ސަލަފް ޖަމިއްޔާއާއި އިދިކޮޅު ޕީޕީއެމް ކަމަށް މަހްލޫފް ތުހުމަތު ކުރެއްވިއެވެ.

އެހަމަނުޖެހުމާއި ގުޅިގެން ފުލުހުން ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ދީނީ ޢިލްމުވެރިންވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޙާމް

25-Jun-2022

ފުރަތަަމަކަމަކަށް މަހުލޫފުގެ ބަސްމަގު ރީތިކުރޭ, މީހަކު މަޙުލޫފަށް އިންޒާރުދިނަސް ތިހުރި މަޤާމުން އެއްވެސް މީހަކަށް ބަދުބަހެއް މަހުލޫފަކަށް ނުބުނެވޭނެ. ޤާނޫނުގައި އޮތްހޮތަށް އަމަލު ކުރަންޖެހޭނީ. ރައްޔަތުން ކިޔާ އެއްޗިއްސަށް ރައްދުދީ ޖަދަލުކޮށް ހެދީމަ ހަމަ އަމިއްލަ އަގުގެ ވެއްޓޭނީ. އަދި މީހާގެ އަޙުލާޤީ ފެންވަރު ދައްކަން އޭގެން އެގެނީ


9

ޢަނީ

25-Jun-2022

ޓެކްސްޓް މެސެޖު...ހަހަހހަ. ތިވާނީ މަހުލޫފުގެ ސްޓަންޓަކަށް


-7

ބޭބެ

25-Jun-2022

ޖާހިލުކަމުގަ ﷲ ގެއަމުރުފުޅުތަކަށް ގޮންޖަހާފަ މުސްލިމެކޭކިޔާފަ ނަމާދުނުކޮށް ސުވަރުގެދާން އުޅުނަސް އެއަކީއަދި ވާނެ ކަމެއްނޫން! ޖާހިލުކަންގެ ދުނިޔެ ޢާލިމުންގެ ހުރަގެ .މިއީ



ޓްރެންޑިން