މެލޭޝިއާގެ ބަޖެޓް އެއާލައިން، އެއަރ އޭޝިއާގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި އެވެ.

އެއަރ އޭޝިއާގެ ރާއްޖޭގެ ދަތުރުތައް މެދުކަނޑާލީ ކޮވިޑް-19ގެ ހާލަތު ގޯސްވެ ގެއްލުންވަމުން ދިއުމާ ގުޅިގެން 2020 ވަނަ އަހަރު އެވެ. ކޮވިޑާއި ގުޅިގެން މެލޭޝިއާގެ ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށްފަހު މިދިޔަ އޭޕްރީލްމަހުގެ އެއްވަނަ ދުވަހު އަލުން ހުޅުވާލުމާއެކު އިއްޔެ ވަނީ އެ އެއަރލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފައެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން އައި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމުން ވަނީ ހޫނު މަރުހަބާއަށް ކިޔައިފަ އެވެ.



ކޮވިޑްގެ ކުރިން އެއަރ އޭޝިއާއިން ވަނީ ދުވާލަކު ފްލައިޓެއް ކުއަލަ ލަމްޕޫރާއި މާލެއާ ދެމެދު ބާއްވާފަ އެވެ. އަދި ޑިމާންޑަށްބަލައި ބައެއް ދުވަސް ދުވަހު ދެ ފްލައިޓު ވެސް އޮޕަރޭޓުކޮށްފައިވެ އެވެ.

އެއަރ އޭޝިއާއިން މިހާރު ނިންމާފައިވަނީ ރާއްޖެއަށް ހަފުތާއަކު ދެ ދަތުރުކުރުމަށްކަމަށް އެމްއޭސީއެލުން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން