ޔުކްރެއިނަށް ދެމުންދާ ހަމަލާތަކުގެ ފުރަތަމަ ފިޔަވަހި ނިންމާލައިފިކަމަށް ރަޝިޔާ އިން ހާމަކޮށްފިއެވެ.

ރަޝިޔާއިން ހާމަކޮށްފައިވާގޮތުގައި ފުރަތަމަ ހަމަލާތައް އަމާޒުކުރީ ޔުކްރެއިނުގެ އެއަރފޯސް އަދި ކަނޑުގެ ސިފައިންނަށެވެ. ނަމަވެސް ރަޝިޔާއިން ޔުކްރެއިނުގެ ވެރިރަށް ހިފުމަށް ދެމުންދިޔަ ހަމަލާތައް އަދި ނާކާމިޔާބުވެފައެއް ނުވެއެވެ.

ޔުކްރެއިނަށް ދެމުންދާ ހަމަލާތަކުގެ ފުރަތަމަ ފޭސް ނިންމާލިއިރު ރަޝިޔާގެ 1،351 ސިފައިން މަރުވެފައިވާކަމަށް ރަޝިޔާއިން ހާމަކުރެއެވެ. އަދި މިހަމަލާތަކުގައި ރަޝިޔާ އަދި ޔުކްރެއިނު ބޯޑަރު ގުޅުން ސަރަހައްދުގެ ބޮޑުބައެއް ވަނީ ރަޝިޔާގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.



ހަމަލާތަކުގެ ފުރަތަމަ ފިޔަވައްސަށްފަހު ދެން ހަމަލާތައް އަމާޒުކުރާނީ ޔުކްރެއިނުގެ ދޮންބަސްގެ އިރުމަތީ ސަރަހައްދުންކަމަށް ރަޝިޔާއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން