މާސްކް އެޅުން ފިޔަވާ ކޮވިޑުގެ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އިންޑިއާގައި އުވާލަން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން އިންޑިއާގެ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ އިސްވެރިޔާ، ހޯމް ސެކްރެޓަރީ އަޖޭ ބައްލާގެ އޮފީހުން އާންމުކޮށްފައިވާ ލިޔުމުގައި ވަނީ ކޮވިޑާ ގުޅިގެން ގާނޫނީ ބާރުގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް އުވާލަން ނެޝަނަލް ޑިޒާރސްޓަރ މެނޭޖްމެންޓް އޮތޯރިޓީއިން ނިންމާފައިވާކަމަށެވެ. އަދި މިފަދަ ނިންމުމެއް ނިންމާފައިވަނީ އިންޑިއާގައި ކޮވިޑް ކޭސްތައް މަދުވަމުންދިޔުމާއި ގައުމުގެ ހާލަތު ދަށްވަމުންދިއުމާއި ގުޅިގެންކަމަށެވެ.

ނަމަވެސް ހެލްތު މިނިސްޓްރީގެ ލަފާގެ މަތިން މާސްކް އެޅުމާއި އަތްދޮވުމަށް ބާރުއަޅާ ގަވާއިދުތައް އުވާނުލުމަށް އިންޑިއާ ސަރުކާރުން ނިންމަވާފައިވާކަމަށް ހޯމް ސެކްރެޓަރީ އަޖޭ ބައްލާގެ އޮފީހުން ހާމަކޮށްފައިވެއެވެ.

މިހިނގާ މަރޗް 31 ވަނަ ދުވަހުން ފެށިގެން ކޮވިޑުގެ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އުވާލި ނަމަވެސް ބަލީގެ ގޮތުން އަދިވެސް ސަމާލުވެތިބުމަށް އިންޑިއާ ސަރުކާރުން ވަނީ އާންމުންނަށް ގޮވާލާފައެވެ.

ދެއަހަރަށްފަހު އިންޑިއާގައި ކޮވިޑުގެ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އުވާލަން ނިންމިއިރު އިއްޔެ އެކަނިވެސް އިންޑިއާގައި 23،000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް ބައްޔަށް ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން