އެމެރިކާގެ ފުރަތަމަ އަންހެން ސެކްރެޓަރީ އޮފް ސްޓޭޓް، މެޑެލިން އަލްބްރައިޓް އަވަހާރަވެއްޖެއެވެ.

ޑިމޮކްރަސީގެ ޗެމްޕިއަންގެ ލަގަބު ލިބިފައިވާ މެޑެލިން، އެމެރިކާގެ ފުރަތަމަ އަންހެން ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމާ ހަވާލުވެވަޑައިގެންފައިވަނީ 1997 ވަނަ އަހަރު ބިލް ކްލިންޓަންގެ ސަރުކާރުގައެވެ.

މެޑެލިންގެ އާއިލާއަކީ ނާޒީންގެ އަނިޔާވެރިކަމުން ސަލާމަތްވެ އެމެރިކާއަށް ހިޖުރަ ކުރި މަޝްހޫރު އާއިލާއެކެވެ. އޭނާގެ ސިޔާސީ ދައުރުގައި ބޮޑެތި ކާމީޔާބީތަކެއް ހޯދާފައިވަނީވެސް މިސަބަބަށްޓަކައެވެ.

1937 ވަނަ އަހަރު އޭރުގެ ޗެކޯސްލޮވޭކިއާއަށް އުފަން މެޑެލިން އާއި އޭނާގެ އާއިލާ އެގައުމުން ބޭރުކޮށްފައިވަނީ ޖަރުމަނުގެ ނާޒީން އެގައުމު ހިފުމާއިއެކު ނާޒީންގެ ސަރުކާރަށް އެއްބާރުލުން ނުދިން ފަރާތްތައް އެގައުމުން ބޭރުކުރި ދުވަސްވަރުއެވެ.

އެގޮތުން 1948 ވަނަ އަހަރު މެޑެލިން އަދި އޭނާގެ އާއިލާއިން ވަނީ އެމެރިކާއަށް ހިޖުރަކޮށް ސިޔާސީ ހިމާޔަތް ހޯދާފައެވެެ. އެއަށްފަހު އެމެރިކާގެ ރައީސް އޮފީހުގެ އެތައް މަގާމެއް ފުރުއްވުމަށްފަހު، އދ ގެ އެމްބެސެޑަރގެ މަގާމުވެސް ފުރުއްވާފައި ވެއެވެ.

އެމެރިކާގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ މެޑެލިން އަކީ އެހެން ގައުމަކުން އެމެރިކާއަށް ހިޖުރަކޮށް، ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމް ފުރުއްވި ފުރަތަމަ އަންހެން ބޭފުޅާއެވެ.

އޭނާ އަވަހާރަވެފައިވަނީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންދަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން