ރަސްމީ ދަތުރެއްގައި ފުރަން އެއާޕޯޓަށް ދިޔައިރު ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ޢަލީ ހާޝިމް (ސްމިތު)ގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތްކަން ހާމަވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމާ ސާބިއާއަށް މިއަދު ފެއްޓެވި ދަތުރުގައި މިނިސްޓަރުގެ އަރިހުގައި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ޢަލީ ހާޝިމް (ސްމިތު) ވެސް އޮތީ ފުރާވަޑައިގަންނަވާގޮތަށް ހަމަޖެހިފައެވެ. ނަމަވެސް ސުމިތު ފުރާވަޑައިގަންނަވަން އެއަރޕޯޓަށް ވަޑައިގެންނެވިތަނުން ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން ފުރުން ކެންސަލްވެ، ފުރޭ ގޮތެއް ނުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސްމިތުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލައަކާއި ގުޅިގެންނެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ނޭނގެއެވެ.
ސްމިތު ބައިވެރިވަޑައިގަންނަވާ ގޮތަށް ހަމަޖައްސާފައި އޮތީ ސާބިއާގައި ކުރިއަށް ގެންދާ ޓޫރިޒަމް ފެއާއެއްގައެވެ. ނަމަވެސް އޭނާ އެދަތުރުގައި ބައިވެރިވެ ވަޑައިގެން އަދާ ކުރަށްވާނީ ކޮން ދައުރެއް ކަމެއް އެނގިފައެއް ނުވެއެވެ.
މި ދަތުރުގައި ސްމިތަށް ބައިވެރިވެވަޑައިނުގެންނެވުނަސް ޑރ. މައުސޫމް ވަނީ އެ ފެއާގައި ބައިވެރިވެވަޑައިގަތުމަށް ސާބިއާއަށް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު