އަލީ ނިހާދު   1 މާރިޗު 2022 - 17:23
ޕެލޭ، ސައޮ ޕައުލޯގެ އަލްބަޓް އައިންސްޓައިން ހޮސްޕިޓަލްގައި އެޑްމިޓްކުރީ ކޮލޮން ޓިއުމަރެއްގައި ފަރުވާ ހޯދުމަށް މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ. އެޑްމިޓު ކުރިތާ 8 ދުވަސް ފަހުން ޕެލޭއަށް ޔޫޓީއައި ޖެހިފައިވާކަން އެގުނެވެ. މިދިޔަ ހޯމަދުވަހު ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕެލޭ، މިހާރު އިންފެކްޝަނުން ރަނގަޅުވެފައިވާ ކަމަށެވެ.

ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަލިމީހާގެ ހާލު މިހާރު ރަނގަޅު ކަމަށާއި އިންފެކްޝަން ރަނގަޅުވެފައިވާ ކަމަށެވެ.

"2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެނިފައިވާ ކޮލޮން ޓިއުމަރއަށް ފަރުވާ ދެމުންދާނެ" ކަމަށެވެ.

ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޕެލޭ އަކީ ހަތަރު ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ހަތަރު ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ޕެލޭއަކީ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަގޯލު ޖަހައިދިން ކުޅުންތެރިއާއެވެ. އޭނާ ވަނީ ބްރެޒިލަށް 92 މެޗުކުޅެ 77 ގޯލު ކާމިޔާބު ކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން