ސްޕެނިޝް ލަ ލީގާގައި ރޭ އެތުލެޓިކޯ ބިލްބާއޯ 0-4 ގެ ނަތީޖާއަކުން ބަލިކޮށް، ވަރުގަދަ ފޯމެއްގައި އޮތް ބާސެލޯނާ ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނުމެޗު، ބާސާއިން ފުރަތަމަ ހާފު ނިންމާލީ 0-1 ގެ ނަތީޖާއަކުންނެވެ. ބާސާގެ ފުރަތަމަ ގޯލު 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޮބާމަޔަންއެވެ. މިއީ އޮބާމަޔަން ލީގުގައި ކާމިޔާބު ކޮށްދިން 4 ވަނަ ގޯލެވެ.

ބާސާގެ ފަހުންޖެހި 3 ގޯލުވެސް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގޮތުގައި ކުޅެންނިކުތް 3 ކުޅުންތެރިންނެވެ. އެގޮތުން 73 ވަނަ މިނެޓުގައި ޑެމްބެލޭ ގޯލެއް ކާމިޔާބު ކޮށްދިންއިރު، ފަހު ދެގޯލު ކާމިޔާބު ކޮށްދިނީ ލޫކް ޑި ޔޯން އަދި މެމްޕިސް ޑިޕޭއެވެ.

އެންމެފަހުން ބާސެލޯނާ ކުޅުނު ތިންމެޗުންވެސް ވަނީ 4 ގޯލު ޖަހާފައެވެ. މިމެޗުގައި ޑެމްބެލޭގެ ގޯލަކީ ލީގުގައި މި ސީޒަންގައި އޭނާޖެހި ފުރަތަމަ ގޯލެވެ. ބާސާ ތަވަލުގެ 4 ވަނައިގައި 45 ޕޮއިންޓާއެކު އޮތްއިރު، 5 ވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ އިތުރަށް އެއްމެޗު ކުޅެ 45 ޕޮއިންޓް ލިބިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން