އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި މެޗު ޕެނަލްޓީ ޖަހައިގެން، ލިވަޕޫލުން ނުވަވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކޮށްފިއެވެ.

މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލުގައި ފުރިހަމަ ވަގުތުގެ 90 މިނެޓު ހަމަވިއިރު 0-0 ގެ ނަތީޖާއަކުން އެއްވަރުވުމުން އިތުރުގަޑީގެ 30 މިނެޓު ކުޅެގެންވެސް އެއްވެސް ޓީމަކަށް ގޯލެއް ނުޖެހެއެވެ. އެހެންކަމުން ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި 10-11 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރީ ލިވަޕޫލުންނެވެ. ޗެލްސީއިން ޖެހި ޕެނަލްޓީ ތަކުގެތެރެއިން ނުވަނީ ނުވަތަ މިސްވީ ބަދަލުކުޅުނުތެރިއެއްގޮތުގައި ކުޅެން ނުކުތް ކީޕަރު ކެޕަ އަރިއްޒަބަލާގާ ޖެހި ޕެނަލްޓީއެވެ.

ދެޓީމުންވެސްވަނީ ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ގެއްލުވާލާފައެވެ. ހާއްސަކޮށް ޗެލްސީގެ ހަވަޓްޒް އާއި މައުންޓަށް، ގޯލުޖަހަން ލިބުނު ހުސް ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.

މި ތައްޓާއެކު ލިވަޕޫލް ވެގެންދިޔައީ މި މުބާރާތް އެންމެ ގިނަފަހަރު ކާމިޔާބު ކުރި ޓީމަށެވެ. އެއީ 9 ފަހަރެވެ. ދެން އެންމެ ގިނައިން މި މުބާރާތް ކާމިޔާބުކުރީ މެންޗެސްޓާ ސިޓީއެވެ. އެއީ 8 ފަހަރެވެ. މިއީ ކްލޮޕް ލިވަޕޫލާއި ހަވާލުވިފަހުން ލިބުނު 5 ވަނަ ތައްޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން