އަލީ ނިހާދު   28 ފެބްރުއަރީ 2022 - 4:59
ފޮޓޯ: ފޭސްބުކް ޕޭޖް - އެފްއޭއެމް
ފޮޓޯ: ފޭސްބުކް ޕޭޖް - އެފްއޭއެމް
ދިވެހި ޕްރެމިއާ ލީގުގައި މިރޭ ގަލޮޅު ދަނޑުގައި ކުޅުނުމެޗު، 0-3 ގެ ނަތީޖާއަކުން ޓީސީގެ މައްޗަށް ފަސޭހަކަމާއެކު މާޒިޔާ ކުރިހޯދައިފިއެވެ.

މި މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ މާޒިޔާއިންނެވެ. މާޒިޔާގެ ފުރަތަމަ ގޯލު 22 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހުނަރުވެރި މިޑްފިލްޑަރު އައިސަމް އެވެ. ދެވަނަ ގޯލު 80 ވަނަ މިނެޓުގައި ކޮނޭލިއަސް ސްޓެވާޓް ކާމިޔާބު ކޮށްދިންއިރު އޭގެ ދެ މިނެޓުފަހުން މާޒިޔާއިން ވަނީ ތިންވަނަ ގޯލެއްވެސް ޖަހާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ލީގުގެ އެއްވަނައިގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ މާޒިޔާ އޮތްއިރު، ޓީސީ ހަވަނައިގައި އޮތީ 3 ޕޮއިންޓް ލިބިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން