ފޮޓޯ: ފޭސްބުކް ޕޭޖް - އެފްއޭއެމް
ފޮޓޯ: ފޭސްބުކް ޕޭޖް - އެފްއޭއެމް
ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗު، ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) ގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކްލަބް އީގަލްސް ކުރިހޯދައި ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.

އީގަލްސްގެ ފުރަތަމަ ގޯލު، ފުރަތަމަ ހާފުގެ 45 މިނެޓުހަމަވެ އިތުވަގުތުގައި ޖަހައިދިނީ ރިޒުވާން (ރިޒޭ)ގެ އެހީތެރިކަމާއެކު އަހްމަދު ހަސަން (އައްމަޑޭ)އެވެ. މެޗު ނިމެން 8 މިނެޓަށްވެފައި ވަނިކޮށް އީގަލްސުން ވަނީ ލީޑު ފޫޅާކޮށްފައެވެ. މި ގޯލުޖަހައިދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަބްދުالله ޒިޔާންއެވެ. އީގަލްސުން މި ގޯލުޖެހިތާ 3 މިނެޓުފަހުން ސަސްއަށް ލިބުނު ޕެނަލްޓީއެއްގައި އަބްދުالله ހަނީފް (ބެންޖޯ) ވަނީ ގޯލެއް ޖަހާފައެވެ.

ކުޅުނު 3 މެޗުގެތެރެއިން 2 މެޗުން މޮޅުވެ 1 މެޗުން ބަލިވެ 6 ޕޮއިންޓާއެކު އީގަލްސް 4 ވަނައިގައި އޮތްއިރު ސަސް ކުޅުނު އެއްވެސް މެޗަކުން އަދި މޮޅެއްނުވެއެވެ. މިރޭ 21:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ އާއި ހަވަނައިގައި އޮތް ޓީސީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން