ފޮޮޓޯ: ގެޓީ އިމޭޖްސް
ފޮޮޓޯ: ގެޓީ އިމޭޖްސް
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ވަޓްފޯޑު ބައްދަލުކުރި މެޗު އެއްވަރުވެ، ޔުނައިޓެޑުން ގަދަ ހަތަރަކަށް ދިއުމަށް ބޭނުންވާ މުހިއްމު ތިން ޕޮއިންޓް ގެއްލުވާލައިފި އެވެ.

އަމިއްލަ ދަނޑުގައި ޔުނައިޓެޑު، ރެލިގޭޝަންގައި އޮތް ވަޓްފޯޑާއި އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާ އާއި އެކު ޔުނައިޓެޑު އަމިއްލަ ދަނޑުގައި އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނުންނެވެ.

މި މެޗުގައި މޮޅަށް ކުޅުނީ ޔުނައިޓެޑުންނެވެ. މެޗުފެށިގެން ނިމެންދެން ޔުނައިޓެޑުން ދިއައީ ވަޓްފޯޑުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ރޮނާލްޑޯ. ބުރޫނޯ ފެރްނަންޑޭޒް އަދި އެލަންގާ އަށް ގޯލު ޖަހަން ހުސްކޮށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.

ޔުނައިޓެޑު ތާވަލުގެ 4 ވަނައިގައި އޮތީ 27 މެޗު ކުޅެގެން 47 ޕޮއިންޓް ލިބިގެންނެވެ. 5 ވަނައިގައި އޮތް އާސެނަލް އަށް 24 މެޗު ކުޅެގެން ލިބިފައިވަނީ 45 ޕޮއިންޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން