ފޮޓޯ: އެފްއޭއެމް ފޭސްބުކް ޕޭޖް
ފޮޓޯ: އެފްއޭއެމް ފޭސްބުކް ޕޭޖް
ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ކުޅުނުމެޗު، ދަ ގްރާންޑެގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ވެލެންސިއާ ކުރި ހޯދައިފިއެވެ.

މެޗުގެ ހަމަ އެކަނި ގޯލު 26 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ، ދަ ގްރާންޑޭގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބޯޅައަކުން، ވެލެންސިއާގެ އަބްދުالله ޔާމީން (ޔާނު) އެވެ. ދަ ގްރާންޑޭ ލީގުގައި މިހާތަނަށް 3 މެޗު ކުޅުނުއިރު އެއް މެޗުން އެއްވަރުވެ ދެ މެޗުން ވަނީ ބަލިވެފައެވެ.

ވެލެންސިއާވެސް ލީގުގައި ތިން މެޗު ކުޅެފައި ވާއިރު، އެއް މެޗުން ބަލިވެ ދެ މެޗުން ވަނީ މޮޅުވެފައެވެ.

މިނަތީޖާ އާއި އެކު ވެލެންސިއާ ވަނީ 6 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް އަރާފައެވެ. އެއީ އެއް މެޗު އިތުރަށް ކުޅެގެންނެވެ. މިރޭ 21:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސްއާއި ޔުނައިޓެޑު ވިކްޓްރީ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން