ފޮޮޓޯ: ގެޓީ އިމޭޖްސް
ފޮޮޓޯ: ގެޓީ އިމޭޖްސް
ޔޫއެފާ ޗެމްޕިއަންސް ލީގުގެ މިފަހަރުގެ ފައިނަލް މެޗު ކުޅޭނީ ޕްރާންސްގެ ގައުމީ ދަނޑުގައި ކަމަށް ނިންމައިފިއެވެ.

މިހާރު ކުރަމުންދާ ރަޝިއާ އާއި ޔޫކްރެއިން ހަނގުރަމައިގެ ސަބަބުން މިފަހަރު ގެ ޗެމްޕިއަންސް ލީގުގެ ފައިނަލް، ރަޝިއާގެ ޕީޓަސްބާގުގައި ނުބާއްވާނެއެވެ. ޔޫއެފާގެ މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި ނިންމައިފައިވަނީ މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅޭނީ ފްރާންސުގެ ގައުމީ ދަނޑު "ސްޓޭޑް ޑި ފްރާންސް" ގައި ކަމަށެވެ.



ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ބުރުގެ މެޗުތައް ނިމިފައި ވާއިރު، ދެވަނަ ބުރުގެ މެޗުތައް ކުޅޭނީ 9،10 މާޗު އަދި 16،17 މާޗުގައެވެ. ފައިނަލް ކުޅޭނީ 28 މެއި 2022 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން