ފޮޓޯ: އާސެނަލް އޮފިޝަލް
ފޮޓޯ: އާސެނަލް އޮފިޝަލް
އިގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ވުލްވަހެމްޓަން (ވޫލްވްސް) ބައްދަލުކުރި މެޗު، އިތުރު ވަގުތުގައި އާސެނަލުން ގޯލެއް ޖަހައި 1-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްފިއެވެ.

މެޗުގެ ފުރަތަމަ ގޯލު 10 ވަނަ މިނެޓުގައި ޖަހައިދިނީ ވޫލްވްސްގެ ހީ ޗަން އެވެ. މި ގޯލު ކާމިޔާބު ކުރެވުނީ އާސެނަލް ގެ ޑިފެންޑަރު ގެބްރިއަލަށް ހެދުނު ގޯހަކުންނެވެ. ގެބްރިއަލް ފަހަތުގައި ހުރެ ކީޕަރަށް ޖައްސާލި ބޯޅަ، ކީޕަރަށް ލިބުމުގެ ކުރިން ވޫލްވްސް ގެ ހީ ޗަން ބޯޅާ އަތުލައި ކީޕަރު ކަޓުވާފައި ގޯލަށް ފޮނުވވައިލީއެވެ. ވޫލްވްސް ގޯލު ޖެހުމާއެކު ޓީމު ވަރަށް ބޮޑަށް ކުޅުނީ ޑިފެންސް ކޮށްގެނެވެ. ނަތީ ޖާއަކަށްވީ ފުލު ފުލުގައި އާސެނަލުން ވޫލްވްސް ކޮޅަށް ނުރައްކާ ކުރުމެވެ.

އާސެނަލްގެ ފުރަތަމަ ގޯލު ފެނިގެން ދިޔައީ 82 ވަނަ މިނެޓުގައެވެ. މި ގޯލު ޖަހައި ދިނީ ބަދަލު ކުޅުން ތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޕެޕޭ އެވެ. އާސެނަލްގެ ފަހު ގޯލު ފެނިގެން ދިއައީ ފުރުހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ 6 ވަނަ މިނެޓުގައެވެ. މި ގޯލަކީ ވޫލްވްސްގެ ކީޕަރު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ޕެޕޭގެ ޕާހަކުން ލަކަޒެޓޭ ޖެހި ބޯޅަ ކީޕަރު ސާ އަތުން ބައިކޮޅަށް ވަދެގެންނެވެ.

މި މެޗަށްފަހު އާސެނަލް އޮތީ 45 ޕޮއިންޓާއެކު ތާވަލުގެ 5 ވަނައިގައެވެ. އެއީ 4 ވަނައިގައި އޮތް ޔުނައިޓެޑަށްވުރެން 2 މެޗު މަދުން ކުޅެގެންނެވެ. ޔުނައިޓެޑަށް 26 މެޗު ކުޅެގެން ލިބިފައިވަނީ 46 ޕޮއިންޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން