ފޮޓޯ: ސްކައި ސްޕޯޓްސް
ފޮޓޯ: ސްކައި ސްޕޯޓްސް
ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަން (ޔުއެފާ)ގެ ކުއްލި ބައްދަލުވުމެއް މާދަމާ (25 ފެބްރުއަރީ) ގައި ބާއްވަން ޔޫއެފާގެ ރައީސް އެލެގްޒެންޑާ ކެފެރިން ނިންމަވައިފިއެވެ.

ޔުއެފާ ޓްވިޓާ ޕޭޖުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރަޝިއާ އާއި ޔޫކްރެއިންގެ ހާލަތު ބަދަލުވުމާއި ގުޅިގެން، ކޮންމެހެން ނިންމަންޖެހޭ ނިންމުންތަކެއް ނިންމުމަށް އެގްޒެކެޓިވް ބައްދަލުވުމެއް މާދަމާ ބާއްވާނެކަށެވެ.



މިހާރު އޮތްގޮތުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް އޮތީ ރަޝިއާގެ ޕީޓަސްބާގުގައެވެ. ނަމަވެސް މިހާރު ހިގަމުންދާ ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމައާއި ގުޅިގެން މިފަހަރުގެ ފައިނަލް ބައްވާނެ ތަނަކާމެދު، މާދަމާގެ ޔޫއެފާގެ ބައްދަލުވުމުގައި ގޮތެއް ނިންމާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާރު ހިގަމުންދާ ހަގުރާމައާއި ގުޅިގެން، ޔޫކްރެއިންގެ ލީގުވެސްވަނީ މެދުކަނޑާލާފައެވެ. މި ނިންމުމަކީ އެ ގައުމުގެ ރައީސް ގެ ނިންމުމަކަށްވާއިރު ލީގު އަލުން ފަށާނެ ދުވަހެއް އިއުލާންކޮށްފައި ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން