ސ. ހިތަދޫ މާކިިޅި ސަރަހައްދުގައި އިއްޔެ ހަވީރު ރޯވި އަލިފާންގަނޑު
ސ. ހިތަދޫ މާކިިޅި ސަރަހައްދުގައި އިއްޔެ ހަވީރު ރޯވި އަލިފާންގަނޑު
ސ. ހިތަދޫ މާކިިޅި ސަރަހައްދުގައި އިއްޔެ ހަވީރު ރޯވި އަލިފާންގަނޑު ރޭފަތިހު ނިއްވާލައިފިއެވެ.

12 ވަރަކަށް ހެކްޓަރުގެ މާކިޅި ސަރަހައްދުގެ އެއް ފަޅީގައި އަލިފާން ރޯވެފައިވަނީ އިއްޔެ ހަވީރު 16:20 ހާއިރުއެވެ. އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީ ހިތަދޫގެ ސްޓޭޑިއަމް ބިއްދޮށުގައި އޮންނަ ވަލު ތެރޭގައި އަލިފާން ރޯވެފައިވާ ކަމަށާއި އަލިފާންގަނޑު ވަރަށް ބޮޑަށް ވަލުތެރެއަށް ފެތުރިފައިވާ ކަމަށެވެ.

އަލިފާންރޯވި ސަރަޙައްދަކީ ޗަސްބިމެއްކަމުން އަލިފާން ނިއްވުމަށް ދަތިތަކެއް ކުރިމަތިވިކަމަށް ސިޓީކައުންސިލުން މަޢުލޫމާތުދެއްވިއެވެ. އެމްއެންޑީއެފުން ރޭފަތިހު ބުނެފައިވަނީ މާ ކިިޅި ސަރަހައްދުގައި ރޯވި އަލިފާން ވަނީ ފަތިހު 04:00 ހާއިރު ނިއްވާލެވިފައި ކަމަށެވެ.

އެހެންނަމަވެސް އަލިފާންގަނޑު އަލުން ރޯވެދާނެކަމަށްޓަކާ އެ ސަރަހައްދު ދަނީ މޯނީޓަރ ކުރަމުން ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ކައުންސިލާއި އެމްއެންޑީއެފްގެ އިތުރުން އެއާޕޯޓް ފަޔާ ޓީމުންވެސް ވަނީ ޙަރަކާތްތެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން