ޗާޓާޑް އެކައުންޓެންޓުން ތަމްރީންކުރަން ސަރުކާރުން ހުޅުވާލި 150 ފުރުސަތަށް 493 މީހުން ކުރިމަތިލައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީންކުރުމަށް އެ މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހުގެ 30 ގައި ހުޅުވާލި ފުރުސަތު މިއަދު ހަމަވިއިރު އެކަމަށް އެދި 493 މީހުން ކުރިމަތިލައިފައިވާ ކަމަށެވެެ. ރާއްޖޭގައި ތިބެގެން ކިޔަވަން ހުޅުވާލި މި ސްކޮލަޝިޕްތަކުގައި އޭސީސީއޭ ސްކިލްސް ލެވެލް، އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް، ސީމާ މެނޭޖްމަންޓް ލެވެލް އަދި ސީމާ ސްޓްރެޓީޖިކް ލެވެލް ހިމެނެއެެވެ. މި ސްކޮލަޝިޕްތަކުގެ ދަށުން ގިނަ އިނާޔަތްތަކެއް ދޭން ވަނީ ނިންމާފައެވެެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސްކޮލަޝިޕަށް ކެންޑިޑޭޓުން ހޮވުމުގައި އިސްކަންދޭނީ ގިނަ މޮޑިއުލްތައް ނިންމާފައިވާ ފަރާތްތައް ނުވަތަ ކުރިން ފުރިހަމަކޮށްފައިވާ ކޯހެއްގެ ސަބަބުން ގިނަ މޮޑިއުލްތަކަކަށް އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އިސްކަންދިނުމާއެކު އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކަމަށެވެ. އަދި މި ސްކޮލާޝިޕްގެ ދަށުން ނޮމިނޭޓް ކުރެވޭ ފަރާތްތައް މިނިސްޓްރީން ނޮމިނޭޓްކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފަށަން ޖެހޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
އެގޮތުން ތިން މަސް ދުވަހުގެ ތެރޭގައި ކިޔަވަން ނުފަށައިފިނަމަ ސްކޮލަޝިޕް ކެންސަލް ކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނަށް ލިބިގެންވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެެވެ.
މިއީ، ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީންކުރުމަށް ޚާއްޞަކޮށްގެން ހުޅުވާލި މިފަދަ ފުރަތަމަ ސްކޮލާޝިޕް ފުރުސަތެވެ. މި ސްކޮލާޝިޕް ސްކީމުން ޕަބްލިކް ސެކްޓަރ އަށް 50 ފުރުސަތު ޚާއްސަކޮށްފައިވާއިރު، ސަރުކާރުގެ އެކިއެކި އިދާރާތަކާއި އޮފީސްތަކުގެ މާލީ ދާއިރާގައި މިހާރުވެސް މަސައްކަތް ކުރަމުންދާ ވަރަށް ގިނަ ފަރާތްތަކެއް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓަންޓުންގެ ގޮތުގައި ޕަބްލިކް ސެކްޓާގައި ގިނަ އަދަދެއްގެ މަސައްކަތްތެރިން ހަރަކާތްތެރިވާން ފެށުމުގެ ނަތީޖާއެއްގެ ގޮތުން މި ދާއިރާ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް މިނިސްޓްރީން ދެކެއެއެވެ.

ކިޔުންތެރިންގެ ހިޔާލު