މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލި، ސަޕްލައި ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވެ ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ސަރުކާރުން ދީފިއެވެ.
މިކަމާ ގުޅޭގޮތުން އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކުގެ އަސަރު ދިވެހި ޤައުމަށާއި ރައްޔިތުންނަށް ކުރާ މިންވަރު ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާއެކު، ސަރުކާރުން ދަނީ ވަރަށް ހަލުވިކޮށް އަދި ރޭވުންތެރިކަމާއެކު ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތުގެ މަތީން ދަމަހައްޓަމުންދާ ކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ސަޢީދު ވިދާޅުވީ އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، ސަޕްލަޔަރުންނާއެކު ދުރާލާ އެއްބަސްވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުން ކަމަށެވެ. މި އިންތިޒާމުގެ ދަށުން މި ހަފުތާގެ ތެރޭގައިވެސް ތެލުގެ އައު ދެ ޝިޕްމަންޓެއް ރާއްޖެއަށް ގެނެސްފައިވާއިރު ކުރިއަށް އޮތް ތަނުގައިވެސް އެއްބަސްވެފައިވާ ތާރީޚުތަކާ އެއްގޮތަށް އިތުރު ޝިޕްމަންޓްތައް ރާއްޖެއަށް އައުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަޢީދު ވަނީ މާތް ﷲ ގެ ވާގިފުޅާއެކު، އެއްވެސް ދަތިކަމެއް ނެތި ތެލާއި، ގޭސް، ކާޑުގެ ބާވަތްތައް އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި މެދުކެނޑުމެއްނެތި ރާއްޖެއަށް ލިބެން ހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް އަރުވާފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުވެ، އަމިއްލަ ލޯންޗުފަހަރުގެ ދަތުރުތަކުގެ އަގަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. މިކަމުގެ ސަބަބުން އާންމުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެސްޓީއޯ މެދުވެރިކޮށް އެ ފަރާތްތަކަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު