އައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި މިއަދު ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލުމުގެ ސަބަބުން ހަތަރު މީހަކަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ބުނީ، ހިތަދޫގައި ނުރައްކާތެރި ކާރު އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 16:50 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގި ވަގުތު ކާރުގައި ތިބި ހަތަރު މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށް މިހާރު އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ފުލުހުން ބުނީ، އަނިޔާވި މީހުންގެ ތެރެއިން ކާރު ދުއްވަން އިން ޑްރައިވަރަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި ކަމަށެވެ.
ފުލުހުންގެ މުއައްސަސާއިން މިހާރު ދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީގެ ކުރިންވެސް އައްޑޫ ސިޓީގައި ބާރު ސްޕީޑުގައި އުޅަނދުތައް ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި، މީހުންނަށް ސީރިއަސް އަނިޔާތައް ލިބުމުގެ އިތުރުން، ބައެއް މީހުންގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު