މާލޭގައި ޓެކްސީގެ ހިދުމަތަށް އެދުމުން އެ ހިދުމަތް ފޯރުނުކޮށްދޭ ޓެކްސީތަކުގެ މައްސަލަ ހުށަހަޅަން ޓްރާންސްޕޯޓު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުން ޓެކްސީގެ ޚިދުމަތަށް އެދޭ ފަރާތްތަކުން ޓެކްސީ ހޯދުމަށް ސެންޓަރުތަކުގައި އެދުމުން އެފަރާތްތަކަށް ޚިދުމަތް ނުލިބޭ ކަމަށެވެ. އަދި މާލެ ތެރޭގައި ދަތުރުތައް ނުނަގާ ހަމައެކަނި ހުޅުލެއާއި ހުޅުމާލޭގެ ދަތުރުތައް ނަގަމުންދާ ކަމުގެ ޝަކުވާ ޢާއްމު ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އެކަންކަން އެގޮތަށް ހިނގާނަމަ ހިދުމަތް ނުދޭ ފަރާތްތަކުގެ މަޢުލޫމާތު މިނިސްޓްރީގެ ފޯނު ނަންބަރު 7943434 މެދުވެރިކޮށް ވައިބަރ މެސެޖުން ޙިއްސާކޮށްދިނުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އާންމު ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ޓެކްސީ ސެންޓަރުތަކުގެ މައްޗަށް ގާނޫނުން ލާޒިމުކުރާ ކަންކަން ފުރިހަމަ ނުކުރާ ފަރާތްތަކާމެދު ކުރިއަށް އޮތްތަނުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެެވެ.

ކިޔުންތެރިންގެ ހިޔާލު