ޤުރުއާނުގެ ޕްރޮގްރާމްތައް ކިޔަވައިދޭއިރު ހިފަހައްޓަންޖެހޭ މިންގަނޑު ލޯންޗް ކުރުމަށް ބޭއްވި ޙަފްލާ
ޤުރުއާނުގެ ޕްރޮގްރާމްތައް ކިޔަވައިދޭއިރު ހިފަހައްޓަންޖެހޭ މިންގަނޑު ލޯންޗް ކުރުމަށް ބޭއްވި ޙަފްލާ
ޤުރުއާނުގެ ޕްރޮގްރާމްތައް ކިޔަވައިދޭއިރު ހިފަހައްޓަންޖެހޭ މިންގަނޑު ކަނޑައަޅައިފިއެވެ.

މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވަނީ ކީރިތި ޤުރުއާނުގެ ޢިލްމުގެ ތަޢުލީމީ ޕްރޮގްރާމްތަކުގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަޑް ލޯންޗް ކޮށްފައެވެ.

އެކަމާ ގުޅިގެން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ މިއީ ކީރިތި ޤުރުއާނުގެ ޢިލްމު ހިމެނޭ ޕުރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އޭގެ އިތުރުން ސަރުކާރުން އިސްލާމްދީނަށް އިސްކަންދީ، މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަން މިއަދުގެ ރަސްމިއްޔާތުންވެސް ހާމަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުންވެސް މިނިސްޓަރު އިބްރާހިމް ހަސަން ވަނީ މިއަދުގެ ސަރުކާރުން ރާއްޖޭގައި އިސްލާމްދީނުގެ ނޫރު އަބަދުވެސް ހިމާޔަތްކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ވިދާޅުވީ ގުރުއާން އިލްމުގެ ފެންވަރު ހިފެހެއްޓުމަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިއަދު ލޯންޗްކުރެވުނު މިންގަނޑުތަކުގެ ސަބަބުން ތައުލީމީ ޕްރޮގްރާމްތައް ފުރިހަމަކޮށްގެން ނުކުންނަ ދަރިވަރުންގެ ފެންވަރު ރަނގަޅުވެގެން ދާނެކަމަށް މިނިސްޓަރ ޒާހިރު ވިދާޅުވިއެވެ.

އެމްކިއުއޭ އިން ކީރިތި ޤުރުއާނުގެ ޢިލްމުގެ ތަޢުލީމީ ޕްރޮގްރާމްތަކުގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަޑް ކަނޑައަޅާފައިވަނީ ކިޔައިދިނުމުގެ ފެންވަރާ މެދު އާންމުންނާއި ދާއިރާގެ މާހިރުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ދަރިވަރުންގެ މެދުގައި އޮންނަ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ކުޑަކުރުމުގެ ގޮތުންނެވެ. އޭގެއިތުރުން މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި ކިޔަވައިދޭ މުގައްރަރުތައް އެއްގޮތްކުރުމާއި މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި ކިޔަވައިދޭ މުއްދަތު އެއްވަރު ކުރުންވެސް މިފަދަ މިންގަނޑެއް އެކަށައެޅުމުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން