ޕެންޝަން ފަންޑުގެ މަގްސަދާ ހިލާފަށް އެ ފަންޑުގައި ހުރި ފައިސާ އެހެން އެއްވެސް ކަމަކަށް ނެގުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ދައުލަތުގެ މާލީ ވުޒާރާގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓު ކުރުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުން
އިއްޔެ ނިންމާފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ޕެންޝަން ފަންޑެއް އުފެއްދީ ވަކި ހާއްސަ ބޭނުމެއްގައި ކަމަށެވެ.
"އެ ފަންޑު އުފެއްދީ ވަޒީފާ އަދާ ކުރާ މީހުންގެ މުސާރައިގެ 14 އިންސައްތަ ފަންޑަށް ޖަމާކުރަން. މި 14 އިންސައްތައަކީ ވަޒީފާ އަދާކުރާ މީހާ ދޭ 7 އިންސައްތައާއި، ވަޒީފާ ދޭ މީހާ ދޭ 7 އިންސައްތަ. ބޭނުމަކީ އެ ފައިސާ ރައްކާކޮށް ދޮށީ އުމުރުގައި ޕެންޝަނެއްގެ ގޮތުގައި އެ ފައިސާ ދިނުން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިއީ އިޖްތިމާއީ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، ޕެންޝަން ފަންޑުގައި ހުރި ފައިސާ ޕެންޝަން ފަންޑު އުފައްދާފައިވާ މަގުސަދާ ހިލާފަށް އެހެން ކަންކަމަށް ބޭނުން ކުރުމަކީ ގޯހެއް ކަމަށެވެ.
ހަމައެއާއެކު ކޮންމެ މަހަކުވެސް ޕެންޝަނަށް ދޭ ފައިސާ ކަނޑާފައި ބާކީ ފައިސާ ޖެހޭނީ ފައިދާވާ ރަނގަޅު ކަމަކަށް އިންވެސްޓު ކުރަން ކަމަށްވެސް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ މުސާރަ ދިނުމަށް ނުވަތަ އެއްވެސް ރިކަރަންޓް ހަރަދަކަށް ފައިސާ ހަރަދުކޮށްގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
"ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ. އަޅުގަނޑުމެން މިދަނީ ކަނު ބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.4 ބިލިއަން ރުފިޔާ ހޯދުމަށްފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން އުޅުމުން އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން, ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒާއި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމާއި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ސަރުކާރުން ބޭނުންވި ގޮތަށް ފަންޑުގެ ފައިސާ ބޭނުން ކުރަން، މިހާރު އޮތް ޕެންޝަން އޮފީހުގެ ބޯޑުން އިއްޔެ ފާސްކޮށްފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވީ ނަމަވެސް ޕެންޝަން ފަންޑުން އަދި ރަސްމީގޮތެއްގައި މިކަމާ ގުޅޭ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
ޕެންޝަން ފަންޑު މި ގޮތަށް ބޭނުން ކުރަން އުޅޭތީ މާލީ ދާއިރާ އާއި ސިޔާސީ ދާއިރާގެ ބައެއް އިސް ފަރާތްތަކުން ދަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއީ ޕެންޝަން ފަންޑަށް ވެވޭ އިހުމާލެއް ކަމަށާއި މިއީ ފައިސާ ޗާޕް ކުރުންފަދަ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ސިފަކުރަށްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު