ސަރުކާރުން ފައިސާ ޗާޕުކުރަނީ ބިލުތައް ދައްކާނެ ފައިސާއާއި، ބަހަމުންދާ ވަޒީފާތަކަށް މުސާރަ ދޭނެ ގޮތެއް ނެތިގެން ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްޙީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވެފައި މިވަނީ ޕެންޝަން އޮފީހުން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަން އޮފީހުގެ މިހާރުގެ ބޯޑުން ރުހުން ދީފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން މިއަދު މީސް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ޑރ. ޝަމްހީދު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު އެންމެބޮޑަށް ފާޑުވިދާޅެ އަދި އަޑަށް އެންމެ ބާރުލަށްވާފައި ނުކުރަށްވާނެ ކަމަށް ވިދާޅުވެފައިވަނީ، "ފައިސާ ޗާޕުނުކުރުން" ކަމަށެވެ. ނަމަވެސް މިއަދު 2.4 ބިލިއަން ރުފިޔާ ޗާޕުކުރަން ނިންމި ނިންމުމާމެދު ރައްޔިތުން އަމިއްލައަށް ސުވާލު ކުރަންޖެހޭ ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
"ބިލްތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއްނެތީ! ބަހަމުންދާހާ ވަޒީފާތަކަށް މުސާރަ ދޭނެ ގޮތެއް ނެތީ. ދިވެހިދައުލަތުގެ ފައިސާ އަކީ، ތިމާމެންގެ ޕާޓީގެ ހަރުމުދަލަށްވެ، ޕާޓީއަށް ފައިސާ އާއި ވޯޓް ހޯދުމުގެ ބޭނުމުގައި ދައުލަތުގެ މާލިއްޔާ ބޭނުން ކުރަން ފެށުމުގެ ނަތީޖާއަކީ، މިއަދު މުސާރަދޭނެހާ ފައިސާވެސް ދައުލަތުގައި ނެތުން." ޑރ.ޝަމްހީދު ވިދާޅުވިއެވެ.
އޭގެއިތުރުން ޑރ. ޝަމްހީދު ވިދާޅުވީ މި ސަރުކާރުގައި ފައިސާ ޗާޕުކުރުން ދެންދާނީ ބާރަށް ކުރިއަށް ކަމަށެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު، މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.4 ބިލިއަން ރުފިޔާ ހޯދުމަށްފަހު، އެ ފައިސާ ޕެންޝަން އޮފީހުން މާލީ ވުޒާރާގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން އުޅުމުން އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން, ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒާއި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމާއި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު