ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ދެ މީހަކު ރަނގަޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެއީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ ދެމަފިރިން ކަމަށާއި، އޭގެ ތެރޭގައި އެންމެ ހާލުބޮޑުވެގެން އައިސީޔޫގައި ފަރުވާދިން މީހާ ވެސް ހިމެނޭ ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ޓޫރިސްޓުންނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ ބިދޭސީންނެވެ. އަދި މިހާރު ރާއްޖޭގައި މި ވައިރަހަށް ފަރުވާ ހޯދަމުންއަންނަ މީހުންގެ ޢަދަދަކީ 11 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން