ޅ. ކުރެންދޫގައި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ފަށައިފި
ޅ. ކުރެންދޫގައި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ފަށައިފި
ޅ. ކުރެންދޫގައި ބޭންކް އޮފް މޯލްޑިވްސް، ބިއެމްއެލްގެ ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ތައާރަފްކޮށްފިއެވެ.


އެރަށުގައި ގާއިމުކުރި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބޭނެއެވެ.

ފާދިއްޕޮޅު ނައިފަރުގައި ގާއިމްކޮށްފައިވާ ބީއެލްގެ ބްރާންޗާއި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް ބީއެމްއެލުން އަންނަނީ އެރަށުގައި ވެސް އެ ބޭންކުގެ ޚިދުމަތް ދެމުންނެވެ. މީގެ އިތުރުން އެއަތޮޅު ހިންނަވަރުގައިވެސް ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

"ބޭންކިންގ ހިދުމަތް ތައާރަފްކޮށް ކުރެންދޫގެ ރައްޔިތުންނަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި އޭޓީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި ބޭންކިންގ ޚިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ." ބީއެމްއެލް ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު