ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުހައްމަދު (36އ)
ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުހައްމަދު (36އ)
ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމްކުރާ އިސްކޮށް ހަރަކާތްތެރިވާ ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުހައްމަދު (36އ) ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމްކުރާ މައްސަލައިގައި ނަދީފް ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުއެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު ކޭޝް ކާޑުތަކަކާއި، ސިމް ކާޑުތަކަކާއި، މޯބައިލް ފޯނުތަކެއްގެ އިތުރުން ދިވެހި ރުފިޔާއާއި ޑޮލަރު އޭނާގެ އަތުން ފެނުނުއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޭނާ ސްކޭމްގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކޮށްފައިވެއެވެ. އަދި ދިރާގު ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނި މައްސަލައެއްގައި މިދިޔަ މޭ މަހު ދެމަހެއްހާ ދުވަހަށް ޖަލަށްވެސްލިއެވެ.

ސްކޭމްގެ މައްސަލައިގައި މިއަހަރު ކުރީކޮޅު އޭނާގެ މައްޗަށް ދައުވާވެސް އޮތީ ކޮށްފައެވެ. އޭގެ ފަހުން ކްރިމިނަލް ކޯޓުން ދިޔައީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަމުން ނެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު