މޫދު ކުޅިވަރަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން (އެޗްޑީސީ) ޚާއްސަ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

މިކަމާ ގުޅިގެން އެޗްޑީސީން ބުނެފައިވަނީ "މައި ހުޅުމާލެ ވޯޓާ ސްޕޯޓްސް ކޭމްޕް 2021" ބާއްވަން ހަމަޖެހިފައިވަނީ ސްކޫލް މިޑް ޓާމް ބަންދާއި ދިމާކޮށްކަމަށާއި، މި ކޭމްޕުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށެވެ.

އެޗްޑީސީން ބުނީ މިފަދަ ކޭމްޕެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ މާލޭ ސަރަޙައްދުގައި ދިރިއުޅޭ ކުދިންނަށް "ސްޓޭންޑް އަޕް ޕެޑަލް ބޯޑު" ދަސްކޮށްދިނުން ކަމަށެވެ.

އެގޮތުން މި ކޭމްޕް ކުރިއަށް ދާނީ އުމުރުން 13 އަހަރާއި 19 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ކުދިންގެ ތެރެއިން އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 50 ފިރިހެން އަދި 50 އަންހެން ކުދިންނާއި އެކު ޖުމްލަ 100 ކުދިން ހިމަނައިގެންނެވެ.

19 ޑިސެމްބަރުން 25 ޑިސެމްބަރަށް ބާއްވާ މި ކޭމްޕްގައި 1 ދުވަހުގެ މުބާރާތެއް ބާއްވާން ވެސް ރާވާފައިވާ ކަމަަށް އެޗްޑީސީން ހާމަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން