ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ޗެނަލްގައި އިންޖީނުލީ އުޅަނދު ފަހަރު ދުއްވުން މަނާކުރަން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ އެއްވަނަ އަދި ދެވަނަ ފިޔަވައްސާއި ގުޅޭ ސަރަހައްދުގެ ޗެނެލަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭގޮތަށް ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށެވެ.
އަދި އެ ސަރަހައްދަކީ އެޗްޑީސީގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މުރަކަ އިންދާ އާލާކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ އެ ސަރަހައްދުގެ ތެރޭގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުމަކީ އެ ސަރަހައްދުގައި މޫދަށް އެރި އުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ.
އަދި އެ ސަރަހައްދުގެ މޫދުގައިމުރަކަ އިންދައި އާލާކުރުމަށް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތަށް ދަތިވާތީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އިންޖީނުލީ އުޅަނދު ފަަހަރު އެ ސަރަހައްދުގެ ތެރޭގައި ދުއްވުމަކީ މަނާކަމެއްކަމުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު