ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭންގޭ ބޭރުމީހުނައް ދިވެހި ބިން ވިއްކައި، ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ހުއްޓާލުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން ގޮވާލައްވައިފިއެވެ.
އިމްރާން މިހެން ވިދާޅުވީ މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން އިމްރާން ވިދާޅުވީ، ރައީސް މުއިއްޒަކީ ވަރަށް ގިނައިން ގިނައިން ދީނާއި ޤައުމިއްޔަތުގެ ވާކަފުޅު ދައްކަވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ބައެއް ސިޔާސަތުތަކުން އެމަންޒަރު ނުފެންނަ ކަމަށް އިމްރާން ވިދާޅުވިއެވެ.
"ދީނާއި ޤައުމުދެކެ ލޯބިވާން ޖެހޭވަރާ ގާތަށްވެސް ލޯބިވާނަމަ، އެއްގޮތުން ނުވިއްޔާ އަނެއްގޮތަކުން ވިޔަސް އަޑި ނޭންގޭ ބޭރުމީހުނައް ދިވެހި ބިން ވިއްކާ، ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް." އިމްރާން ވިދާޅުވެފައިވެއެވެ.
އިމްރާން މިހެން ވިދާޅުވެފައިވާއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް އެސްއީޒެޑް ޤާނޫނު ވަނީ އިސްލާޙު ކޮށްފައެވެ.
މި ޤާނޫނުގައި 'ސަސްޓެއިނަބަލް ޓައުންޝިޕް' މާނަކޮށްފައި ވަނީ، އެއް މެނޭޖްމަންޓެއްގެ ދަށުން ކަނޑައެޅޭ ވަކި ޒޯނެއްގައި ގާނޫނުގައި ބަޔާންކުރާ ވަސީލަތްތަކާއި، ހިދުމަތްތަކާ އެކު ގާއިމުކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭ ގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް، ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި، ހިދުމަތްތަކާއި، އާންމު ބޭނުންތަކުގެ ވަސީލަތްތައް ގާއިމުކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ.
އަދި ސަސްޓެއިނަބަލް ޓައުންޝިޕްއެއް ތަރައްގީކުރުމަށް ހުއްދަ ދެވޭނީ އެ ޒޯންގައި ކުރާ އިންވެސްޓްމަންޓަކީ 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓަކަށްވާނަމަ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ. އަދި އެތަނަކީ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޒޯނަކަށް ވާންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ރައީސް މުއިއްޒު ކިތަންމެ ގިނައިން ދީނާއި ޤައުމިއްޔަތުގެ ވާކަފުޅު ދެއްކެވި ނަމަވެސް، ދީނާއި ޤައުމުދެކެ ލޯބިވާން ޖެހޭވަރާ ގާތަށްވެސް ލޯބިވާނަމަ،އެއްގޮތުން ނުވިއްޔާ އަނެއްގޮތަކުން ވިޔަސް އަޑި ނޭންގޭ ބޭރުމީހުނައް ދިވެހި ބިން ވިއްކާ،ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީހެވެ.
— Imran Abdulla (@ShimranAb) December 6, 2025
އިމްރާން މިހެން ވިދާޅުވެފައިވާއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް އެސްއީޒެޑް ޤާނޫނު ވަނީ އިސްލާޙު ކޮށްފައެވެ.
މި ޤާނޫނުގައި 'ސަސްޓެއިނަބަލް ޓައުންޝިޕް' މާނަކޮށްފައި ވަނީ، އެއް މެނޭޖްމަންޓެއްގެ ދަށުން ކަނޑައެޅޭ ވަކި ޒޯނެއްގައި ގާނޫނުގައި ބަޔާންކުރާ ވަސީލަތްތަކާއި، ހިދުމަތްތަކާ އެކު ގާއިމުކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭ ގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް، ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި، ހިދުމަތްތަކާއި، އާންމު ބޭނުންތަކުގެ ވަސީލަތްތައް ގާއިމުކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ.
އަދި ސަސްޓެއިނަބަލް ޓައުންޝިޕްއެއް ތަރައްގީކުރުމަށް ހުއްދަ ދެވޭނީ އެ ޒޯންގައި ކުރާ އިންވެސްޓްމަންޓަކީ 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓަކަށްވާނަމަ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ. އަދި އެތަނަކީ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޒޯނަކަށް ވާންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު