ޝާހިދު، އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓިރޭޒް އާއި ބައްދަލު ކުރެއްވުމުގެ ތެރެއިން
ޝާހިދު، އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓިރޭޒް އާއި ބައްދަލު ކުރެއްވުމުގެ ތެރެއިން
އެމް.ޑީ.ޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓިރޭޒް އާއި ނިއުޔޯކްގައި ބައްދަލުކުރަށްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ޝާހިދު އާއި ގުޓިރޭޒް ވަނީ ޝާހިދުގެ ރިޔާސަތުގެ ދަށުން އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ކުރިއަށްދިޔަ ދުވަސްވަރު، ދެބޭފުޅުން އެކުގައި ކުރެއްވި މަސައްކަތްޕުޅު ތަކަށާއި، އޭރު ޝާހިދު ފެއްޓެވި ބައެއް މަސައްކަތްޕުޅުތައް މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭ ގޮތުން މަޝްވަރާ ކުރަށްވާފައެވެ. އަދި އިންޓަނޭޝަނަލް ކޮމިއުނިޓީ އޯގަނައިޒޭޝަންގެ 'ފޮރ އަވަރ ފިއުޗަރ' ރިޕޯޓާއި ބެހޭ މައުލޫމާތުވެސް ޝާހިދު އދގެ ސެކެޓްރީ ޖެނެރަލް އާއި ހިއްސާ ކުރެއްވިއެވެ.



އދގެ މެމްބަރު 70 ޤައުމާއި އދގެ ބައެއް ޖަމްއިއްޔާތަކުން ބައިވެރިވި ރަސްމިއްޔާތެއްގައި ޝާހިދު އިއްޔެ ވަނީ މި ރިޕޯޓާއި ގުޅޭގޮތުން ކީނޯޓް ސްޕީޗެއްވެސް ދެއްވާފައެވެ.

އެރަސްމިއްޔާތުގައި ޝާހިދު ދެއްކެވި ވާހަކަފުޅުގައި، ޒަމާނީ މައްސަލަތަކަށް ހައްލު ހޯދުމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމާއި ބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ. ޚާއްސަކޮށް، މިއަދުގެ މައްސަލަތަކަށް ހޯދާ ހައްލުތަކާއެކު ގިނަ ދުވަހު އެހައްލުތަކުގެ ނަތީޖާ ތަހައްމަލުކުރަން ޖެހޭނީ މިއަދުގެ ޒުވާނުންކަން ފާހަގަކޮށް، ޒުވާނުން ކުރިއެރުވުމަށް އަދި އދގެ ތެރޭގައި ޒުވާނުން ބާރުވެރިކުރުމަށް ޝާހިދު ފެއްޓެވި މަސައްކަތްޕުޅު، ޝާހިދަށްފަހު އދގެ އާއްމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވާ ބޭފުޅުންވެސް ކުރިއަށް ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ފޮރ އަވަރ ފިއުޗަރ" ރިޕޯޓަކީ މިދިޔަ އަހަރު އދއިން އެޑޮޕްޓްކުރި "ޕެކްޓް ފޮރ ދަ ފިއުޗަރ" އާއި ގުޅުވައިގެން، ބައިނަލްއަޤްވާމީ ސުލްހައަށް މަސައްކަތްކުރާ ޖަމްއިއްޔާއެއްކަމަށްވާ އިންޓަނޭޝަނަލް ކޮމިއުނިޓީސް އޯގަނައިޒޭޝަނުން ނެރުނު ރިޕޯޓެކެވެ.



ކިޔުންތެރިންގެ ހިޔާލު