މަރިޔަމް ލައިޝާ   9 ޑިސެމްބަރު 2021 - 3:8
ޖަރުމަންވިލާތުގެ އައު ޗާންސަލަރ އޯލާފް ޝޮލްޒްސް
ޖަރުމަންވިލާތުގެ އައު ޗާންސަލަރ އޯލާފް ޝޮލްޒްސް
16 އަހަރަށްފަހު ޖަރުމަނުގެ ޗާންސެލަރުގެ މަޤާމަށް އައު ބޭފުޅަކު އިންތިޚާބު ކޮށްފިއެވެ.

އެގޮތުން ޖަރުމަންވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި ބޮޑު އަޣުލަބިއްޔަތަކުން ޗާންސެލަރުގެ މަޤާމަށް އިންތިޚާބުކޮށްފައިވަނީ ކުރީގެ ޗާންސެލަރުގެ ނައިބުގެ މަޤާމުގައި ހުންނެވި އުމުރުފުޅުން 63 އަހަރުގެ އޯލާފް ޝޮލްޒްސެވެ.

މިއާއެކު އެންގެލަރ މާކެލްގެ ވެރިކަން ވަނީ ނިމުމަކަށް އައިސްފައެވެ. މާކެލްގެ ސަރުކާރުގައި މާލީ ވަޒީރުކަންވެސް ކުރެއްވި ޝޮލްޒްސަކީ ތިމާވެއްޓާ ރައްޓެހި ސިޔާސަތުތަކެއް ތަންފީޒުކުރެއްވުމަށް ބޭނުންފުޅުވާ ބޭފުޅެކެވެ.

މީގެއިތުރުން ޝޮލްޒްއަކީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަރުމަނުގައި އިންތިޚާބުވެ ވަޑައިގެންނެވި 9 ވަނަ ޗާންސެލަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން