ށ. ފުނަދޫގައި އަލަށް ބިނާކުރަމުން އަންނަ ޒަމާނީ ހޮސްޕިޓަލުގެ ކޮންކްރީޓް މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރި މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިހާރު ސައިޓުގައި އެންމެ ބާރަށް ކުރިއަށްދަނީ އިމާރާތުގެ ބިންގަލާ ގުޅޭ މުހިންމު މަސައްކަތްތަކެވެ. އެގޮތުން، ސްޓްރިޕް ފޫޓިންގްގެ ކޮންކްރީޓް އެޅުމާއި، ފޫޓިންގްތަކަށް ބޭނުންވާ ދަގަނޑު ބަނުމުގެ މަސައްކަތުގެ އިތުރުން ސްޓްރިޕް ބީމްތަކުގެ ޝަޓަރިންގް މަސައްކަތްތައް ވެސް މެދުކެނޑުމެއްނެތި ދަނީ ކުރިއަށެވެ.
ފުނަދޫގައި ތަރައްޤީކުރާ މި އައު ހޮސްޕިޓަލުގެ މަސައްކަތް ނިމި، ޚިދުމަތް ދޭން ފެށުމަކީ އެ ރަށުގެ އިތުރުން މުޅި ށަވިޔަނީ އަތޮޅުގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. މިއާއެކު، ސިއްހީ ފަރުވާގެ ފެންވަރު މަތިވެ، ލިބެން ހުންނަ ޚިދުމަތްތައް އެތައް ގުނައަކަށް ފުޅާވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ. އަދި މިއީ ފެންވަރު ރަނގަޅު ސިއްހީ ނިޒާމެއްގެ އިންތިޒާރުގައި އެ ސަރަޙައްދުގެ ރައްޔިތުން ތިބި ތިބުމަށް ލިބޭނެ ދާއިމީ ހައްލެއްކަން ވެސް ސަރުކާރުން ފާހަގަކުރެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ވަސީލަތްތަކުގެ މައްސަލަތައް ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ސިޔާސަތެކެވެ. އެގޮތުން، ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމާއި، ޒަމާނީ ވަސީލަތްތަކާއެކު އައު އިމާރާތްތައް ބިނާކޮށް، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން އަންނަނީ ބާރަށް ތަންފީޒުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު