ބަސް ބުނުމުގެ މިނިވަންކަމަކީ އެންމެ އަސާސީ ހައްގުކަމަށް ވިދާޅުވެ، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން އޭނާ ދައްކަވާ ވާހަކަތައް ދިފާއު ކުރައްވައިފިއެވެ.
އިކްރާމް މިހެން ވިދާޅުވެފައި މިވަނިީ މިފަހަކަށްއައިސް އޭނާ ދައްކަވާ ބައެއް ވާހަކަތަކާއި މެދު ބައެއް ބޭފުޅުން ފާޑު ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ދާދިފަހުން މާލެ ސިޓީ ކައުންސިލް އުވާލުމަށް ގޮވާލާ ދެއްކެވި ވާހަކައާއެކު އޭނާ ވަނީ ހޫނު ފެނަށް ވެއްޓިފައެވެ. އަދި އެވާހަކައާއި ގުޅިގެން އެމްޑީޕީގެ އިސް ފަރާތްތަކުން ވެސް އޭނާއާއި ދެކޮޅަށް ބަސް ބުނެފައި ވެއެވެ.
އިކްރާމް މިއަދު ވިދާޅުވީ ސިޔާސީ މީހަކު ސިޔާސީ ޓްވީޓެއް ކޮށްފާނެ މަގްސަދުތަކެއް ހުރެދާނެ ކަމަށެވެ. އެގޮތުން ވިސްނުމެއް އުފަންކުރުން، ރައްޔިތުން ދެކޭ ގޮތް ބެލުން، ނުވަތަ އަމިއްލަ މަޝްހޫރުކަމަށްވެސް އެފަދަ ކަމެއްކޮށްފާނެކަމަށް އިކްރާމް ވިދާޅުވިއެވެ.
އެހެންކަމުން ބަސް ބުނުމުގެ މިނިވަންކަމަކީ އެންމެ އަސާސީ ހައްގުކަމަށް އިކްރާމް ވަނީ ވިދާޅުވެފައެވެ.
މެމްބަރު އިކްރާމް ވަރަށް ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައި ސަރުކާރު ހިންގާ ސިޓީގައި ސިޓީ ކައުންސިލެއް އޮންނާކަށް ނުޖެހޭނެ ކަމަށެވެ. އަދި އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ މައި ސަރުކާރުން އެ ސިޓީއެއް ހިންގުންކަމަށާއި މާލެ އޭރިއާއަށް ސިޓީ ކައުންސިލެއް ބޭނުމެއް ނުވާނެކަމަށެވެ.
މިވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ އިކްރާމްގެ އެވާހަކަތަކާއި ގުޅިގެން ލަދުވެތިވާކަމަށާއި، ނަމަވެސް އެއީ އެމްޑީޕީގެ ވިސްނުމާއި ސިޔާސަތެއް ނޫންކަަމަށެެވެ.

Siyaasee meehaku siyaasee tweeteh koffaane magsadhthakeh hurey,
— Ikram Hassan MP (@ikramhassan) November 5, 2021
1. Visnumeh ufankurun,
2. Public visnaa goii dhenegathun,
3. Mauloomaatheh hissaakurun,
4. Public ah msgeh dhinun,
5. Amilla publicity ah kameh kollun,
Bas bunumuge minivankamakee emme asaasee haggu
މެމްބަރު އިކްރާމް ވަރަށް ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައި ސަރުކާރު ހިންގާ ސިޓީގައި ސިޓީ ކައުންސިލެއް އޮންނާކަށް ނުޖެހޭނެ ކަމަށެވެ. އަދި އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ މައި ސަރުކާރުން އެ ސިޓީއެއް ހިންގުންކަމަށާއި މާލެ އޭރިއާއަށް ސިޓީ ކައުންސިލެއް ބޭނުމެއް ނުވާނެކަމަށެވެ.
މިވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ އިކްރާމްގެ އެވާހަކަތަކާއި ގުޅިގެން ލަދުވެތިވާކަމަށާއި، ނަމަވެސް އެއީ އެމްޑީޕީގެ ވިސްނުމާއި ސިޔާސަތެއް ނޫންކަަމަށެެވެ.
ކިޔުންތެރިންގެ ހިޔާލު