ވިލިމާލޭގައި ބެޓެރި ބޭނުންކޮށްގެން ދުއްވާ ވެހިކަލްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ވިލިމާލޭގައި ބެޓެރި ބޭނުންކޮށްގެން ދުއްވާ ވެހިކަލްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފެށުމަށް ނިންމީ ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީކަމަށެވެ.
ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތައް މިމަހުގެ 19ވަނަ ދުވަހުގެ ކުރިން ކައުންސިލްގައި ރަޖިސްޓްރީކުރުމަށް އަންގާފައެވެ. އަދި މިމުއްދަތުގެ ފަހުން ވިލިމާލެއަށް އަރުވާ ބެޓެރި ވެހިކަލްތައްވެސް ކައުންސިލްގައި ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށްވެސް ކައުންސިލުން އަންގާފައި ވެއެވެ.
ވިލިމާލޭގައި ބެޓެރި ބޭނުންކޮށްގެން ދުއްވާ ވެހިކަލްތައް ރަޖިސްޓްރީކުރުމަުގެ ކަންކަން މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓުން އޮންލައިންކޮށްވެސް ކުރިއަށްގެންދެވޭނެކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
ވިލިމާލެއަކީ އިންޖީނުލީ އުޅަނދު ދުއްވުން މަނާ މާލޭގެ އަވަށެކެވެ. މިއީ ރާއްޖޭގައި މިފަދަ އުސޫލެއް ގެންގުޅޭ ހަމައެކަނި ރަށްކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު