އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު ގްލާސްގޯގައި ބޭއްވި ކޮޕް-26 ކްލައިމެޓް ކޮންފަރެންސަށް ކުރެއްވި 4 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ނިއުޔޯކަށް ވަޑައިގެންފިއެވެ.
ކޮޕް26 ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޢަބްދުﷲ ޝާހިދު ތަޤްރީރު ކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން އިންސާނިއްޔަތަށް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. ޝާހިދު ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި ޖެނެރަލް އެސެމްބްލީ ހައި-ލެވެލް ޑައިލޮގް އޮން ޑެލިވަރިންގ ކްލައިމެޓް އެކްޝަންގެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާއި ދެކެވުނު ވާހަކަތައްވެސް ކޮޕް-26 ގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައި މާލީ އެހީތެރިކަން ހޯދުމާއި، ޓެކްނޯލޮޖީ ބަދަލުކުރުމާއި، އެޑަޕްޓޭޝަނަށް އިތުބާރުހުރި ވަޞީލަތްތައް ހޯދުމަށް މެންބަރު ޤައުމުތަކުން ގޮވާލެއްވިއެވެ.
ކޮޕް26 ގެ 2 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ ވޯލްޑް ލީޑަރސް ސަމިޓްގައި ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާފައެވެ. ޝާހިދުވަނީ އެންޓީގުއާ އެންޑް ބާބިއުޑާ، ބަންގްލަދޭޝް، ބަލްގޭރިއާ، ބާބެޑޯސް، ބްރޫނާއީ، ކެނެޑާ، ކޮމޮރޯސް، މިސްރު، ފިޖީ، ގިނީ ބިސާއު، އިންޑިއާ، ކުވައިތު، މަލާވީ، ދިވެހިރާއްޖެ، ނެމީބިއާ، ޕަލާއު، ސައޮ ޓޯމެ އެންޑް ޕްރިންސިޕޭ، ސީޝެލްސް، ސްރީލަންކާ، ޓެންޒޭނިއާ، ތައިލެންޑް، ޓްރިނިޑާޑް އެންޑް ޓޮބޭގޯ، ޓުވާލޫ، ޔޫ.އޭ.އީ އަދި ޔޫރަޕިއަން ކޮމިޝަންގެ އިސްވެރިންނާއި މިނިސްޓަރުންނާ ބައްދަލުކުރައްވާފައެވެ.
"ގްލަސްގޯއިން ފުރަނީ ނުހަނު ގިނަ އުއްމީދުތަކަކާއި އެކު؛ ކޮޕް26 އިން އެބަޖެހޭ 1.5 ގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ކުރެވެންހުރި ކަންކަން ބުނެދީ އެކަމަށް މަސައްކަތްކުރުމަށް ރައްޔިތުންނަށް ބާރުއަޅަން. މިކަންކުރުމުގައި ވީހާވެސް އަވަހަށް ކުރަންޖެހޭކަން ރައްޔިތުން ގަބޫލުކުރޭ، އަދި މިކަމަށް ސާފު މަގެއް، ޓައިމްލައިނެއް އޮތްކަން އެނގެން އެބަޖެހޭ. މިކަންކަން ހާސިލްވާކަން ފެންނަހެން އެބަހީވޭ. ޑީފޮރެސްޓޭޝަން ނިމުމަކަށް ގެނައުމަށް އިއުލާނު ކުރުމާއި، މާލީ އެހީތެރިކަމާއި އެޑެޕްޓޭޝަންއާއި ނެޓް ޒީރޯ ޓާގެޓްފަދަ ކަންކަމަކީ މިކުރާ މަސައްކަތް ކުރިއަށް ދާކަމުގެ ހެކިތައް." ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން، ޝާހިދު ވަނީ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ޒުވާނުންނާއެކު ރައުންޑްޓޭބަލް ޑިސްކަޝަންއެއް ބާއްވަވާފައެވެ. އަދި ޝާހިދުވަނީ ޔޫ.އޭ.އީ އާއި ދިވެހިރާއްޖޭގެ ޒުވާނުންގެ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބައިނަލްއަޤްވާމީ ޕެނަލްގެ އަންހެން ސައިންޓިސްޓުންނާއެކު ބައްދަލުކުރައްވާ މޫސުމީ ސައިންސާއި ސިޔާސަތުތައް ކަނޑާއެޅުމުގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ހުރި ހުރަސްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ވަނީ ބައެއް މީޑިއާތަކާވެސް ވާހަކަ ދައްކަވާފައެވެ. އޭގެ ތެރޭގައި ދައުލަތުގެ މީޑިއާ ޕީ.އެސް.އެމް، ޑޮއިޗޭ ވެލަ، އަލްޖަޒީރާ، ބްލޫމްބާގް، ސްކައި ނިއުސް އަރަބިއާ، ދުރްދަރްޝަން ނިއުސް އަދި ސީއެންބީސީ ހިމެނެ އެވެ. ޝާހިދު ވަނީ 'ނެޓް ޒީރޯ ވޯލްޑް' ޑޮކިއުމެންޓްރީގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.
ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ޝާހިދު ވަނީ ކޮޕް26 ގައި އާއްމުންނަށް ހުޅުވާލާފައި އޮތް ގްރީން ޒޯނަށް ޒިޔާރަތްކުރައްވައި، މޫސުމީ ބަދަލުތަކާ ގުޅޭ ވައިރަލް ވީޑިއޯއެއް ހެދި ދިވެހިރާއްޖެއަށް ނިސްބަތްވާ އަލްމާންއާ ބައްދަލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު